twitterviber whatsapp telegramfacebookyoutube instagram
1st November 2026

ހޯރަފުށީ އެއާޕޯޓް އަޅަން ބިން ހިއްކަން ފަށައިފި

ނަބީލާ އިސްމާޢީލް
Apr 17, 2019

ހއ. ހޯރަފުށީގައި އެއާޕޯޓު އެޅުމަށް އެރަށު ފަޅުތެރެއިން ބައެއް ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.ހޯރަފުށީ ހުޅަނގު ދެކުނު ފަރާތު ފަޅުތެރެއިން އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކަނީ އެމްޓީސީސީގެ ކޮންނަ ބޯޓް މަހާޖައްރާފު ބޭނުންކޮށްގެނެވެ.

ހޯރަފުށީ ކައިރީގައި އެއާޕޯޓު އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބިން ހިއްކަން މީގެ ކުރިން ވެސް މަހާޖައްރާފަ އެ ރަށަށް ގެންދިޔަ އެވެ. ނަމަވެސް އެކި މައްސަލަތައް ދިމާވެ މަސައްކަތް ވަނީ ކުރިއަށް ނުގެންދެވިފަ އެވެ. އޭރު މަސައްކަތްކުރީ ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ މާފިނޮޅު ކައިރިން ހިއްކައި އެތަނުގައި އެއާޕޯޓް އަޅާށެވެ.

ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޝާކިރު އާއި ހަވާލާދީ އޮންލައިން ނޫސް މިހާރުގައި ބުނެފައިވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގައި ބިން ހިއްކުމުގެ މަސައްކަތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ބިން ހިއްކާ ނިމުމާއެކު އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާފިނޮޅުގައި އަޅަން ނިންމި އެއާޕޯޓް ހޯރަފުއްޓަށް ބަދަލުކޮށް އެއާޕޯޓު އެޅުމުގެ ރަސްމީ މަސައްކަތް މިދިޔަ މާޗު މަހުގެ ތެރޭގައި ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293