twitterviber whatsapp telegramfacebookyoutube instagram
19th April 2024

ނެއްލައިދޫގައި ޤުރުއާން މުބާރާތް ބާއްވާތާ ތިންވަނަ ފަހަރު، ހުސެއިންގެ ތައުރީފް ރައްޔިތުންނަށް!

Apr 18, 2019

މިއީ ހދ އަތޮޅު ޤުރުއާން މުބާރާތް ނެއްލައިދޫގައި ބާއްވާ ތިންވަނަ އަހަރުކަން ފާހަގަކުރައްވައި އެކަމުގައި ހަރަކާތްތެރިވަމުންދާ ހުރިހާ ފަރާތްތަކަށް ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ހަސަން ހިތްވަރު ދެއްވައި ތައުރީފުކުރައްވައިފި އެވެ.

2016 އަދި 2017 ވަނަ އަހަރުވެސް އަތޮޅު ޤުރުއާން މުބާރާތް ހޯސްޓްކޮށްފައިވަނީ ނެއްލައިދޫއިންނެވެ. އެމަސައްކަތުގައި ރަށުގެ ހުރިހާ ރައްޔިތުން މަސައްކަތް ކުރަމުންދާއިރު ޒުވާނުން ދައުރު ވަކިން ހާއްސަކޮށް ހުސެއިން ފާހަގަކުރެއްވި އެވެ. މުބާރާތް ފައްޓަވައިދެއްވާ ވާހަކަދައްކަވަމުން ކައުންސިލް ރައީސް ހުސެއިން ވިދާޅުވީ އިއްޔެ ނެއްލައިދޫއަށް އައުމުން ޒުވާނުންގެ ފަރާތުން ފެނިގެންދިޔައީ އުންމީދުވެސް ނުކުރާވަރަށް މިމަސައްކަތުގައި ހަރަކާތްތެރިވަމުންދާ މަންޒަރު ކަމަށެވެ.

ޒުވާނުންގެ އިތުރުން ކައުންސިލާއި ރަށުގެ މުވައްސަސާތަކާއި ރައްޔިތުންގެ ގުޅިގެން، ޤުރުއާން މުބާރާތުގެ ކަންކަމުގައި ޝާމިލުވެގެން އުޅޭތަން ފެނުމުން ވަރަށް އުފާވިކަމަށް ހުސެއިން ވިދާޅުވި އެވެ. އެކަމުން އެނގިގެންދިޔައީ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން، ކަމަށް ހުސެއިން ފާހަގަކުރެއްވި އެވެ.

"ނެއްލައިދޫގެ ރައްޔިތުން، ހާއްސަކޮށް ޒުވާނުން މިކަމުގައި މިދިޔަ އަހަރުތަކަކަށްވުރެއްވެސް މިކަމުގައި ޝާމިލްވެގެން އުޅޭކަން އަޅުގަނޑު ހަމަ ފާހަގަކުރަން. އަދި ނެއްލައިދޫ ރައްޔިތުން މި މުބާރާތް މިހާ ފުރިހަމައަށް އިންތިޒާމުކޮށް މިހާ ފުރިހަމައަށް ރޭވިކަމަށްޓަކާ ހދ އަތޮޅު ކައުންސިލްގެ ނަމުގައި ނެއްލައިދޫ ރައްޔިތުންނަށް ކައުންސިލަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން." އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ވިދާޅުވި އެވެ.

ޤުރުއާން މުބާރާތް ތިންވަނަ ފަހަރު ބޭއްވިގެންދިޔުމަކީ ރަށުގެ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ދައްކައިދޭކަމެއް ކަމަށެވެ. ހދ އަތޮޅު ޤުރުއާން މުބާރާތަކީ އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި 11 ރަށަކުން ޖުމްލަ 132 ދަރިވަރަކު ވާދަކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355