twitterviber whatsapp telegramfacebookyoutube instagram
20th April 2024

މިހާތަނަށް ކުޅުދުއްފުށިން ޑެންގީ ޖެހިގެން 61 ކޭސް ރިޕޯޓްކޮށްފައިވޭ: އެޗްޕީއޭ

އަބްދުލް ވާހިދު ޙަސަން
Apr 24, 2019
1

މިއަހަރުގެ މިހާތަނަށް ކުޅުދުއްފުށިން ޑެންގީހުމުގެ 61 ކޭސް ރިޕޯޓްކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން(އެޗްޕީއޭ) ބުނެފި އެވެ.

ކުޅުދުއްފުށީގައި ޑެންގީހުން ހަލުވިކަމާއެކު ފެތުރެމުންދާއިރު، މިއީ ވެތުވެދިޔަ އެއްވެސް އަހަރަކު ނުދާހާ ނުރައްކާ ސްޓޭޖަކަށް ޑެންގީހުން ވަނީ އިތުރުވެފައި އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ބުނާގޮތުން މިއަހަރުގެ މިހާތަނަށް ކުޅުދުއްފުށިން އެކަނިވެސް ޑެންގީހުމުގެ 61 ކޭސް ވަނީ ރިޕޯޓްކޮށްފަ އެވެ. ހދ ގައި ޑެންގީ ދެން އެންމެ ބާރަށް ފެތުރެމުންދަނީ ހަނިމާދޫގަ އެވެ. އެގޮތުން މިއަހަރު މިހާތަނަން އެރަށުން ޑެންގީގެ 25 ރިޕޯޓް ލިބިފައިވެ އެވެ.

މުޅި ހދ އަށް ބަލާއިރު މިއަހަރުގެ އިއްޔެއާ ހަމައަށް ޑެންގީހުމުގެ 92 ކޭސް ރިޕޯޓްކޮށްފައިވާއިރު މިދިޔަ މާރޗުމަހު 45 ކޭސް ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި މި އެޕްރީލްމަހުގެ އިއްޔެއާ ހަމައަށް ޑެންގީހުމުގެ 21 ރިޕޯޓް ހދ އިން ލިބިފައިވާކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މިދިޔަ އަހަރުގެ ފެބުރުއަރީ އާއި މާރޗުމަހު ކުޅުދުއްފުށިން ޑެންގީ ހުމުގެ އެންމެ ކޭސްއެއްވެސް ރިޕޯޓްކޮށްފައިނުވާއިރު މިއަހަރު ފެބުރުއަރީމަހު ޑެންގީހުމުގެ 17 ކޭސް ކުޅުދުއްފުށިން ރިޕޯޓްކޮށްފައިވެ އެވެ. މިދިޔަ 2018 ވަނަ އަހަރު ކުޅުދުއްފުށީގައި އެންމެ ގިނައިން ޑެންގީހުން ޖެހިގެން ރިޕޯޓްކޮށްފައިވަނީ ޖޫންމަހު އެވެ. އެއީ 13 ކޭސް އެވެ.

މިދިޔަ އަހަރުތަކާ އަޅާބަލާއިރު ކުޅުދުއްފުށީގައި ޑެންގީހުން ހަލުވިކަމާއެކު ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ކުޅުދުއްފުށީ ކައުންސިލުން ވަނީ އެދިލައްވާފަ އެވެ. އަދި އެކަމަށް ޓާސްކް ފޯހެއް އެކުލަވާލައިގެން ކުރިއަށްދާއިރު މަދިރި ކޮންޓްރޯލްކުރުމަށް އިއްޔެއިން ފެށިގެން ދަނީ ރަށުތެރެ ފޮގްކުރަމުންނެވެ. އަދި މުޅި ރަށުތެރެ ސާފުކޮށް މަދިރި އާލާވާގޮތަށް ހުރި ތަންތަން ނައްތާލުމަށް އަންނަ ހޮނިހިރު ވަނީ ހާއްސަ ޕްރޮގުރާމެއް ފަށަން ނިންމާފަ އެވެ.

ކުޅުދުއްފުއްޓާއި ހަނިމާދޫގެ އިތުރުން ދެން ޑެންގީ ރިޕޯޓް ލިބިފައިވަނީ ނޮޅިވަރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355