twitterviber whatsapp telegramfacebookyoutube instagram
25th April 2024

މަދިރި އުފެދޭ ތަންތަން ބަލައި ނައްތާލުމަށް ޕްރޮގްރާމެއް ހިންގަނީ

އަބްދުލް ވާހިދު ޙަސަން
Apr 25, 2019

ކުޅުދުއްފުށީގައި ހަލުވިކަމާއެކު ޑެންގީހުން ފެތުރެމުންދާތީ، މަދިރި އުފެދޭ ތަންތަން ބަލައި ނައްތާލުމަށް ޕްރޮގުރާމެއް ހިންގުމަށް ޑެންގީ ޓާސްކް ފޯސް އިން ނިންމައިފި އެވެ.

ކުޅުދުއްފުށީގައި ހަލުވިކަމާއެކު ޑެންގީހުން ފެތުރެމުންދާއިރު މިއަހަރުގެ މިހާތަނަށް 100 އަށްވުރެ ގިނަ މީހުންނަށް ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވާކަމަށް ހެލްތް އޮފިޝަލުން ބުނެ އެވެ.

" މަގޭ ވެށި- ސާފުކުރުން މަގޭ ޒިންމާ" މި ޝިޔާރުގެ ދަށުން މަދިރި އަލާވާގޮތަށް ހުރި ތަންތަން ނައްތާލުމަށް ކުރިއަށްގެންދާ މި ޕްރޮގުރާމް ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހު އެވެ. މި ޕްރޮގުރާމުގައި ބައިވެވުމަށްޓަކާ 27 ވަނަ ހޮނިހިރުދުވަހުގެ ހެނދުނު 7:30 އަށް ވީހާވެސް ގިނަ ރައްޔިތުން ކައުންސިލް އިދާރާއަށް އައުމަށް އެފަރާތުން އެދެ އެވެ.

މި ޕްރޮގުރާމު ކުރިއަށްގެންދަނީ ސަރުކާރުގެ މުވައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތައް ގުޅިގެންނެވެ. މިހަރަކާތުގައި ސަރުކާރުގެ ހުރިހާ މުވައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ މެދުގައި ގުރޫޕްތަކެއް ހެދި ކަނޑައެޅޭ ސަރަހައްދުތަކެއްގެ ގޯތިގެދޮރާއި ތަންތަން ބަލާ ފާސްކުރެވޭނެކަމަށް ޓާސްކް ފޯސްއިން މައުލޫމާތުދެ އެވެ.

ޓާސްކް ފޯހުން ބުނީ މިހަރަކާތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަކީ އެފަރާތުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. ޑެންގޫ ހުމުން ރައްކާތެރިވުމުގެ ގޮތުން ރަށުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން އަޅަންޖެހޭ އެންމެހައި ސަލާމަތީ ފިޔަވަޅުތަކެއް އަޅައިގެން ތިއްބެވުމަށް ޑެންގޫ ޓާސްކު ފޯސްއިން އިލްތިމާސްކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355