twitterviber whatsapp telegramfacebookyoutube instagram
8th November 2026

ޒުވާނުންގެ ޖަމިއްޔާއިން ކައުންސިލަށް މަދިރި ބޭސް ހަދިޔާކޮށްފި

އަބްދުލް ވާހިދު ޙަސަން
Apr 25, 2019
2

ކުޅުދުއްފުށީ ޒުވާނުންގެ ޖަމިއްޔާއިން ކައުންސިލަށް މަދިރި ބޭސް ހަދިޔާކޮށްފި އެވެ. އެ ޖަމިއްޔާއިން ހަދިޔާކޮށްފައިވަނީ ފޮގްކުރުމަށް ޖަހާއިރު ބޭނުންކުރާ މަދިރި ބޭހެވެ.

އެގޮތުން 8 ލީޓަރުގެ މަދިރި ބޭސް ވަނީ ހަދިޔާކޮށްފަ އެވެ. މިތަކެތި ކައުންސިލާ ހަވާލުކޮށްދެއްވީ ޒުވާނުންގެ ޖަމިއްޔާގެ ފަރާތުން މުހައްމަދު (ރަބަރޭ) އެވެ. ކައުންސިލް ހަވާލުވީ ކައުންސިލަރު އަހުމަދު މުހަންމަދެވެ.

ކުޅުދުއްފުށީގައި ހަލުވިކަމާއެކު ޑެންގީހުން ފެރުރެމުންދާތީ ރަށުގެ ތެރެ ފޮގްކުރުމުގެ ޕްރޮގުރާމެއްވެސް ވަނީ ފަށާފަ އެވެ. އަދި މަދިރި އުފެދޭ ތަންތަން ނައްތާލުމަށް އަންނަ ހޮނިހިރު ދުވަހު ވަނީ ހާއްސަ ޕްރޮގުރާމެއް ކުރިއަށްގެންދިޔުމަށް ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293