twitterviber whatsapp telegramfacebookyoutube instagram
21st June 2026

ރޯދަ ހަދިޔާއަކަށް ނައިވާދޫގެ ކޮންމެ ގެޔަކަށް ބިސް ކޭހެއް

އަބްދުލް ވާހިދު ޙަސަން
Apr 25, 2019

ރޯދަ ހަދިޔާއެއްގެ ގޮތުގައި ހދ ނައިވާދޫގެ ކޮންމެ ގެޔަކަށް ބިސް ކޭހެއް ހަދިޔާކުރުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.

އެކަން ހާމަކުރައްވައި ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މީހުން ދިރިއުޅޭ ކޮންމެ ގެޔަކަށް ބިސް ކޭހެއް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ. ނައިވާދޫގައި ހުންނަނީ 100 އެއްހާ ގޭބިސީ އެވެ.

ރޯދަމަހާ ދިމާކޮށް ގިނަ ކައުންސިލްތަކަކުން އަންނަނީ ރައްޔިތުންނަށް ރޯދަ ހަދިޔާ ދިނުމަށް ނިންމަމުންނެވެ. އެގޮތުން ކުމުންދޫ ކައުންސިލުން ވަނީ ރޯދަމަހު ގޭބިސީތަކުގައި އުފެދޭ ކުނި ހިލޭ އުކާލަދޭން ނިންމާފަ އެވެ.

އަދި ކުޅުދުއްފުށީ ކައުންސިލުން ވަނީވެސް ވަނީ ރޯދަ ހަދިޔާއެއްގެ ގޮތުގައި ކޮންމެ ގެޔަކަށް މުސްހަފެއް ހަދިޔާކުރުމަށް ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355