twitterviber whatsapp telegramfacebookyoutube instagram
27th April 2024

މާއްޓޭ އެކަޑަމީގެ ކުދިންނަށް ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގުރާމެއް ހިންގައިފި

އަބްދުލް ވާހިދު ޙަސަން
May 13, 2019

މާއްޓޭ އެކަޑަމީގެ ކުދިންނަށް ދީނީ ނަސޭހަތް ދިނުމުގެ ހައްސަ ޕްރޮގްރާމެއް ހިންގައިފިއެވެ. މާއްޓޭ އެކަޑަމީގެ ހުރިހާ ދަރިވަރުންނަށް އަމާޒުކޮށް މިޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ 11 މެއި ވަނަދުވަހު ޖަލާލުއްދީން ސްކޫލްގައެވެ.

މިޕްރޮގުރާމްގައި އެކަޑަމީގެ ކުދިންނަށް ދީނީ ނަސޭހަތް ދެއްވީ ޖަލާލުއްދީން ސްކޫލުގެ އިސްލާމް ޓީޗަރ އަކުރަމް ހުސައިން އެވެ.

ކޮންމެ ރަމަޟާން މަހަކުވެސް މާއްޓޭ އެކަޑަމީން ކުރިއަށްގެންދާ ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމްގެ މިއަހަރުގެ ފުރަތަމަ ސެޝަންގައި ކީރިތި ރަސޫލާ މުޙައްމަދު ﷺ ގެ ހަޔާތްފުޅުގެ މައްޗަށް އަލިއަޅުވާލާ، ރަސޫލާ މުޙައްމަދު ﷺ ގެ ހަޔާތްފުޅުގައި ހިނގާފައިވާ ތަފާތު ހާދިސާތަކުން ކުދިން އިބުރަތް ހާސިލް ކުރުމަށް ނަސޭހަތް ދެއްވާފައިވެއެވެ.

އެގޮތުން ރަސޫލާ މުޙައްމަދު ﷺ ގެ ޒަމާނުގައި ހިނގާފައިވާ ތަފާތު ހަނގުރާމަތަކާއި އެހެނިހެން ގިނަގުނަ ހާދިސާތަކުގެ ތަފްސީލް ކުދިންނާއި ގުޅޭގޮތަށް ދެއްވިއެވެ. އަދި ރަސޫލާ މުޙައްމަދު ﷺ އަކީ މުސްލިމުން އެންމެ ލޯބިވާންޖެހޭ ފަރާތްކަމަށާއި ނަމާދު ވަގުތުގައި އަދާކުރުމުގެ މުހިންމުކަމާބެހޭގޮތުންނާއި ރަސޫލާ މުޙައްމަދު ﷺ ގެ ސުންނަތުގައި ސާބިތުވެ ތިބުމަށް އަކުރަމްގެ ނަސޭހަތުގައި ކުދިންނަށް ހަނދާންކޮށްދެއްވާފައިވެ އެވެ.

މާއްޓޭ އެކަޑަމީގެ ފަރާތުން މައުލޫމާތު ދެއްވާގޮތުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމަކީ ކުދިންގެ މެދުގައި ދީނީ ރޫހް އާލާކުރުމަށާއި އިސްލާމް ދީނާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށް ދިނުމަށް ހިންގާ ޕްރޮގްރާމެއްކަމަށް އެ އެކަޑަމީން މައުލޫމާތުދެ އެވެ. މިފަދަ އިތުރު ޕްރޮގުރާމްތައް ކުރިއަށްއޮތްތާގައިވެސް ރާވާ ހިންގުމަށް ގަސްތުކުރެވިފައިވާކަމަށް މާއްޓޭ އެކަޑަމީން މައުލޫމާތު ދެއްވައެވެ.

މާއްޓޭ އެކަޑަމީއަކީ ކުދިންގެ ފުޓްބޯޅަ ތަރައްގީކުރުމުގެ އިތުރުން އެހެނިހެން ގޮތްގޮތުންވެސް ކުދިންނަކީ މުޖުތަމައުއަށް ފައިދާހުރި ބައެއްގެގޮތުގައި ބިނާކުރުމަށް މަސައްކަތްކުރާ އެކަޑަމީއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355