twitterviber whatsapp telegramfacebookyoutube instagram
23rd October 2026

ފަލަސްތީނުގެ ކުދިން ރޯދަ ވީލުމަށް ރޮނާލްޑޯ 1.5 މިލިއަން ޔޫރޯ ހަދިޔާކޮށްފި

އަބްދުލް ވާހިދު ޙަސަން
May 16, 2019
2

ޕޯޗުގީޒްގެ މަޝްހޫރު ފުޓްބޯޅަ ތަރި ކުރިސްޓިއާނޯ ރޮނާލްޑޯ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ކުދިންނަށް 1.5 މިލިއަން ޔޫރޯ ހަދިޔާކޮށްފި އެވެ.

މީގެ ކުރިންވެސް އެކި ފަހަރުމަތިން ފަލަސްތީނާއި ހަނގުރާމާގެ ސަބަބުން ހާލުގައި ޖެހިފައިވާ މުސްލިމު އެކި ގައުމުތަކުގެ ރައްޔިތުންނަށް ރޮނާލްޑޯވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ނަމަ މިފަހަރު ރޮނާލްޑޯ އެހީގެ ގޮތުގައި ފަލަސްތީނަށް ދީފައިވަނީ 1.5 މިލިއަން ޔޫރޯ އެވެ. އެއީ ފަލަސްތީނުގައި ތިބި ކުދިންނަށް ރޯދަ ވީލުމަށް އޭނާ ދިން ހަދިޔާ އެކެވެ.

ރޮނާލްޑޯގެ ފަރާތުން ލިބޭ މިފަދަ އެހީތަކުގައި ސަބަބުން މުސްލިމުންގެ މެދުގައި އޭނާއަކީ މަގުބޫލު މީހެކެވެ. ގިނަ މުސްލިމުން އެކަމަށް އޭނާއަށް ތައުރީފާއި ޝުކުރުދަނީ އަދާކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293