twitterviber whatsapp telegramfacebookyoutube instagram
5th July 2025

ޖަލާލުއްދީން ސްކޫލް ކެޕްޓަނުގެ މަގާމަށް ޚާޝިޢު

Jul 4, 2025

ޖަލާލުއްދީން ސްކޫލްގެ ކެޕްޓަނަކަށް މުހައްމަދު ޚާޝިޢު ހަސަން ހޮވައިފި އެވެ.

ޖަލާލުއްދީން ސްކޫލްގެ ހޯލުގައި ރޭ ބޭއްވި އިސްވާރުންގެ ރަސްމިއްޔާރުގައި ސްކޫލްގެ އިސްމަގާމުތަކަށާއި ހައުސްތަކުގެ އިސް މަގާމުތައް ހިމެނޭހެން 52 ދަރިވަރުން ވަނީ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެފަ އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ މުހައްމަދު އުމަރެވެ.

ސްކޫލްގެ އެންމެ އިސްމަގާމުތަކަށް ހޮވުނު ދަރިވަރުން

- ސްކޫލް ކެޕްޓަން : މުހައްމަދު ޚާޝިޢު ހަސަން

- ޑެޕިއުޓީ ކެޕްޓަން : މަރްޔަމް ޖަނާން މުހައްމަދު

- ޑެޕިއުޓީ ކެޕްޓަން : މޫސާ ޤައިސް

- އެކްޓިވިޓީ ކެޕްޓަން : މުހައްމަދު މޫމިން

- ޑެޕިއުޓީ އެކްޓިވިޓީ ކެޕްޓަން : މުހައްމަދު ނައުފާން އަލީ ނިފާޒް

- ޑެޕިއުޓީ އެކްޓިވިޓީ ކެޕްޓަން : އައިމިނަތު އިނާލާ އާދަމް

ސްކޫލު ކެޕްޓަންގެ ޒިންމާއާ ހަވާލުވި ޚާޝިޢުއަކީ މިދިޔަ އޯލެވެލް އިމްތިހާނުން ގައުމީ ގަދަ ދިހައެއްގައި އެއްވަނައިގައި ހިމެނުނު ދަރިވަރެކެވެ.

އިސްވާރުގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި އަލަށް ޕްރިފެކްޓްކަމުގެ މަގާމަށް ހޮވުނު ދަރިވަރުން ހުވާކުރުންވެސް އޮތެވެ.

އިސްމަގާމުތަކަށް ހޮވުނު ދަރިވަރުން ޝޭޝް އާއި ސެޓްފިކެޓް އަދި ޓެގް ހަވާލުކޮށްދެއްވީ ޝަރަފުވެރިމެހެމާން އާއި ސްކޫލްގެ ވެރިންނެވެ.

ޖަލާލުއްދީން ސްކޫލަކީ ގުރޭޑް 1 – 12 އަށް ކިޔަވައިދޭ ސްކޫލެކެވެ. މިއަހަރު އެ ސްކޫލުގައި 800 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355