twitterviber whatsapp telegramfacebookyoutube instagram
3rd July 2025

ކުޅުދުއްފުށީގައި އަންހެނުންގެ ހާއްސަ ބަލިތަކުގެ ކުލިނިކެއް ހުޅުވައި ހިދުމަތް ފަށައިފި

އަބްދުލް ވާހިދު ޙަސަން
Jul 3, 2025

ކުޅުދުއްފުށީގައި އަންހެނުންގެ ހާއްސަ ބަލިތަކުގެ ކުލިނިކެއް ހުޅުވައި، ހިދުމަތް ފަށައިފި އެވެ.

ގައިނޯވާ ނަމުގައި ހިދުމަތް ދޭން ފެށި މި ކުލިނިކްގައި އިސްވެ ހިދުމަތް ދެއްވާނީ އަންހެނުންގެ ހާއްސަ މައްސަލަތަކުގެ ތަޖުރިބާކާރު، އަންހެނުންގެ ހާއްސަ ޑރ އާމިނަތު ނުސްރާ އެވެ.

ޑރ ނުސްރާއަކީ ލެޕަރެސްކޯފިކް ޝާރޖަންއެއްވެސް މެ އެވެ. އެގޮތުން ލޯވަޅު އަޅައިގެން ޑރ ނުސްރާ ކުރައްވާ އޮޕަރޭޝަންތަކުގެ ތެރޭގައި ސިސްޓް ނެގުމާއި ފައިބްރޮއިޑް އަދި ރަހިމު ނެގުން ފަދަ އޮޕަރޭޝަންތައް ހިމެނެ އެވެ.

މި ޖުލައިމަހުގެ 10 އަދި 11 ވަނަ ދުވަހު މި ކުލިނިކުގައި ޑރ ނުސްރާ ބަލި މީހުން ބަލާގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޑޮކްޓަރަށް ދެއްކުމަށްފަހު ސްކޭން ކުރުމުގެ ހިދުމަތް ވަގުތުން ލިބޭނެކަމަށް ގައިނޯވާ އިން މައުލޫމާތުދެ އެވެ.

ގައިނޯވާ ކުލިނިކްގެ ވެބްސައިޓް

ގައިނޯވާ ކުލިނިކަށް ދައްކާ ފަރާތަށް މާލެއިން ހިދުމަތް ދޭން ޖެހޭ ހާލަތްތަކުގައި އެޕޮއިންޓްމެންޓް ހަމަޖައްސައިދިނުމާއި އޮޕަރޭޝަން ކަންކަން ބަލަހައްޓައިދިނުމުގައި އެހީތެރިކަން ލިބޭނެ އެވެ.

ޑރ ނުސްރާ ބައްލައްވާ ދާއިރާތަކުގެ ތެރޭގައި މާބަނޑު މީހުންނާއި ލެޕްރޮސްކޯޕިކްގެ ސާރޖަރީ އާއި އަންހެނުންގެ ހާއްސަ ބަލިތައް ހިމެނެވެ.

އެޕޮއިންޓްމެންޓް ހެދުމަށާއި ބަލި މީހުންގެ ހުރިހާ ކަންކަން ބަލަހައްޓަމުންގެންދާނީ ގައިނޯވާ ވެޓްސައިޓް މެދުވެރިކޮށެވެ. ބުކިން ހަދަން ބޭނުންވާ ފަރާތްތަކުން ގައިނޯވާ ވެބްސައިޓް މެދުވެރިކޮށް ބުކިން ހެއްދޭނެ އެވެ. އަދި ގައިނޯވާގެ ވެބްސައިޓްގެ ޗެޓް ފަންގްޝަން މެދުވެރިކޮށް މުވައްޒަފުންގެ އެހީތެރިކަން ލިބޭނެ އެވެ.

މި ކުލިނިކް ހުންނާނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ދެކުނުން 'ސިންގަރ ހޯމްސް' މަތީ ބައިގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355