twitterviber whatsapp telegramfacebookyoutube instagram
19th April 2024

ހަނިމާދޫ ކެތިއަރާ މަސްރޭހުގައި ބައިވެރިވުމަށް ހުޅުވާލައިފި

- މިމުބާރާތަކީ ދެ ޖިންސަށް ބައިވެރިވެވޭގޮތަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެއް

އަބްދުލް ވާހިދު ޙަސަން
May 25, 2019

ހދ ހަނިމާދޫ ކެތިއަރާ ޖަމިއްޔާއިން ފިތުރު އީދާ ދިމާކޮށް ބާއްވަމުން އަންނަ މަސްރޭސް މިއަހަރުވެސް އޮންނާނެކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފި އެވެ.

ދެ ޖިންސަށް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދާ މި މުބާރާތް މިއަހަރު ކުރިއަށްދާނީ ދެ ދުވަހަކަށް ބަހާލައިގެން ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. ޖަމިއްޔާގެ ރައީސް ފިރާޤު މުހައްމަދު ކޭއޯއަށް ވިދާޅުވީ ފިރިހެނުންގެ މަސްރޭސް ކުރިއަށްދާނީ ވަޅުއީދު ދުވަހު ކަމަށާއި އަންހެނުންގެ މަސްރޭސް ކުރިއަށްދާނީ ތިންވަނަ އީދު ދުވަހު ކަމަށެވެ.

އެއްގޮތަށް ނިންމީ އަންހެންވެރިން އެދިގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ފިރާޤް ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ މަސްރޭސް ކުރިއަށްދަނީ ހަނިމާދޫ ދާއިރާގެ 19 ވަނަ މަޖިލީހަށް ހޮވިވަޑައިގެންނެވި އަބުދުލްޤަފޫރު މުސާގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ކަމަށެވެ.

އެގޮތުން މުޅި މަސްރޭސް ސްޕޮންސަރކޮށްފައިވަނީ މެމްބަރު ޤަފޫރުކަން އޭނާވަނީ ފާހަގަކޮށްފަ އެވެ. މެއިން ސްޕޮންސަރގެ އިތުރުން ޓީމުތަކުގެ ފީ ވެސް ސްޕޮންސަރކޮށްފައިވަނީ މެމްބަރު ޤަފޫރުކަމަށް ފިރާޤު ވިދާޅުވި އެވެ.

މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު އެންމެ ފަހު ތާރީހަކީ ޖޫންމަހުގެ ތިންވަނަ ދުވަހެވެ. ކެތިއަރާ މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަވައިދު "އައިކްލިކް" ލިބެން ހުންނާނެ ކަމަށެވެ.

ފިތުރު އިދާ ދިމާކޮށް ކޮންމެ އަހަރަކު ކެތިއަރާ ޖަމިއްޔާއިން އަންނަނީ ރަށަށް ހުޅުވާލައިގެން މަސްރޭސް ބާއްވަމުންނެވެ. މިއަހަރު މަސްރޭހުގެ އިތުރުން ކެތިއަރާއިން އީދުގައި ބައެއް އިތުރު ހަރަކާތްތައްވެސް ކުރިއަށްގެންދަން ވަނީ ނިންމާފަ އެވެ. އެގޮތުން ކުލަ ޕެރޭޑާއި އީދު ބުޑު ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355