twitterviber whatsapp telegramfacebookyoutube instagram
8th November 2026

ހަނިމާދޫ ދާލަ ކުލާހުގެ ދަރިވަރުންނަށް ރޯދަ ވީއްލުމަކާއި ދީނީ ނަސޭހަތް

May 28, 2019

ހދ ހަނިމާދޫގައި ކުރިއަށް ގެންދާ އަމިއްލަ ކުލާހެއް ކަމަށްވާ "ދާލާ" ކުލާހުގެ ފަރާތުން އެކުލާހުގެ އެކި ޕްރޮގުރާމުތަކުގައި ބައިވެރިވެގެން އުޅޭ ދަރިވަރުންނަށް ރޯދަ ވީއްލުމެއް ދީފި އެވެ. މި ރޯދަ ވީއްލުން ކުރިއަށްގެންގޮސްފައިވަނީ އިއްޔެ އެކުލާހުގައެވެ.

ދާލަ ކުލާހުން އަންނަނީ ޤުރުއާން ކުލާސްގެ އިތުރުން ޔޫސީމާސް މޯލްޑިވްސްއާ ގުޅިގެން މެންޓަލް މެތަމެޓިކްސް ކުލާހެއްވެސް ހިންގަމުންނެވެ.

ދާލަ ކުލާހުން ބުނީ މިއީ ޔޫސީމާސް ގެ ބޭސިކް ލެވަލް ޓެސްޓް ނިންމާލުމަށްފަހު ކުލާހުގެ ހުރިހާ ކުދިން އެއްތާކުން ބައްދަލުވެ ގުޅުން ބަދަހިކޮށް އަދި ރޯދަ މަހުގެ މުހިއްމު ކަމާއި ބެހޭގޮތުން އެކުދީންނާ ގުޅޭ މާހައުލެއްގައި ނަސޭހަތްދީ އަދި ރޯދަހިފުމަށް ހިތްވަރުދިނުމަށް ބޭއްވި ރޯދަވީއްލުމެކެވެ.

މިޕްރޮގުރާމްގައި ބައިވެރިވެފައިވަނީ 11 އަހަރުން ދަށުގެ ކުދީންނެވެ. 17:30 އިން ފެށި މިޕްރޮގުރާމް ގައި ނަސޭހަތް ދެއްވީ އައްޝައިޚް އާދަމް ޒަބީހު އެވެ. މި ރޯދަވީއްލުމުގައި އެކުލާހުގެ 50 އިންސައްތަ ކުދީންވަނީ ބައިވެރިވެފަވާކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293