twitterviber whatsapp telegramfacebookyoutube instagram
25th April 2024

އީ-ސިނގިރޭޓުން ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުމަށް މަގުފަހިވޭ

ނަބީލާ އިސްމާޢީލް
Jun 3, 2019

ވެޕިން ނުވަތަ އީ-ސިނގިރޭޓުގައި ބޭނުންކުރާ ކެމިކަލް ފުލޭވާރ ލިކުއިޑްގެ ސަބަބުން ހާރޓް އެޓޭކް އަދި ސްޓްރޯކް ފަދަ ފުރާނައަށް ނުރައްކާ ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ސްޓޭންފޯރޑް ޔުނިވާސިޓިގެ ސައިންޓިސްޓުން ކުރި ދިރާސާއަކުން ދައްކާގޮތުގައި އީ-ސިނގިރޭޓްގައިވާ ފުލޭވާރ ލިކުއިޑުން ލޭނާރުތައް ހަލާކުވުމާއި ހިތުގެ ބަލިތައް ޖެހޭކަމަށެވެ.

ނަމަވެސް އާދައިގެ ސިނގިރޭޓަށް ވުރެން އީ-ސިނގިރޭޓުގައި ސިއްހީ ގެއްލުން ކުޑަކަމަށް ސައިންސް ވެރިން ބުނެއެވެ. ސަބަބަކީ އާދައިގެ ސިނގިރޭޓްގައި އެކުލެވޭ ވިހަ މާއްދާއެއްކަމަށްވާ ޓޮބޭކޯ އީ-ސިނގިރޭޓުގައި ނުހުމެނޭތީ ފުއްޕާމޭގެ ކެންސަރު ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު އީ-ސިނގިރޭޓުން ކުޑަ ކަމަށެވެ. އެހެން މި ޔުނިވަރސިޓީގެ ޑޮކްޓަރ ޖޯސެޕް ހާމަކުރައްވާގޮތުގައި ނަމަވެސް މީގެ މާނައަކީ އީ-ސިނގިރޭޓަކީ ސިއްހަތަށް ފައިދާ ހުރި އެއްޗެށް ނޫންކަމަށެވެ.

ސްޓޭންފޯރޑް ޔުނިވާސިޓީގެ ސައިންސްވެރިން ކުރި ދިރާސާގައި ވަނީ 6 ފުލޭވާރއެ ޓެސްޓްކޮށްފައެވެ. އޭގެ ތެރޭގައި ފުރުޓް ފުލޭވަރ، ޓޮބޭކޯ ފުލޭވަރ، މެންޓޯސް ފުލޭވަރ، ސިނޮމޮން ފުލޭވަރ ޓެސްޓްކޮށްފައިވާއިރު ޕްލޭވާރތަކުގައި ހިމެނޭ ނިކޮޓިންގެ ސަބަބުން ޑީ.އެން.އޭ ހަލާކުވެ އަދި މީގެން އަރާ ދުމުގެ ސަބަބުން ސެލްތައް މަރުވެއެވެ.

ސައިންސްވެރިންގެ ރިސާޗްތަކުން ވަރަށް ސާފުކޮށް ދައްކާގޮތުގައި ފުލޭވާރ ލިކުއިޑްގައި ގިނަ އަދަދަކަށް ނިކޮޓިން، އެހެން ސިނގިރޭޓްތަކާ ހިލާފަށް ހުރެއެވެ. އަދި މީގެ ސަބަބުން ސިނގިރޭޓް ފުލޭވަރ ބޭނުންކުރުމަށް ދެވިހިފާފައި ތިބޭ ފަރާތްތަކުގެ ސެލްތައް ހަލާކުވެ ސެލްތަކުގެ މަސައްކަތެއް ނުކުރެއެވެ.

އިނގިރޭސިވިލާތުގައި ގާތްގަނޑަކަށް 3 މިލިއަން މީހުން އީ-ސިނގިރޭޓް ބޭނުން ކުރާކަމަށް ދިރާސާތަކުން ދައްކައިރު އެ ގައުމުގެ ގިނަ މީހުން ނާރުތައް ބެދި ކެމިކަލްތަކުގެ ސަބަބުން ނާރުތައް ހަލާކުވުމުގެ މައްސަލަ ދަނީ ދިމާވަމުންނެވެ. ރާއްޖޭގެވެސް ޒުވާނުންގެ މެދުގައި އީ-ސިނގިރޭޓަކީ މަގުބޫލު އެއްޗެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355