twitterviber whatsapp telegramfacebookyoutube instagram
24th October 2026

ހދ އަތޮޅު މަދަރުސާގައި ތިން ބުރީގެ އިމާރާތެއް އަޅައިދޭނެ ބަޔަކު ހޯދަނީ

އަބްދުލް ވާހިދު ޙަސަން
Jun 7, 2019
3

ހދ އަތޮޅު މަދަރުސާއަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް އެސްކޫލުގައި ތިން ބުރީގެ އިމާރާތެއް އަޅަން ނިންމާ، ބީލަށް ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

ވައިކަރަދޫގައި ހުންނަ އަތޮޅު މަދަރުސާގައި އިމާރާތްކުރަން ނިންމާފައިވަނީ 3 ބުރީގެ 12 ކުލާސް ރޫމެވެ. މި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް ބީލަން ހުޅުވާލައިފައިވާއިރު ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 60،000ރ ދައްކަން ޖެހެ އެވެ.

ފިނޭންސުން ބުނީ މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައްތައް ކުރިއަށްގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ)ގެ އުސޫލުގެ މަތިން ކަމަށެވެ. ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ މިންގަނޑު ބީލަށް ފޮތުގައި ހުންނާނެ އެވެ.

ބީލަމުގައި ބައިވެރިވުމަށް 500ރ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށާއި ފައިސާ ބަލައިގަންނާނީ 9 ޖޫންއިން 3 ޖުލައިއަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 9-12 އަށްކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެ އެވެ.

ބީލަން ހުޅުވުން އޮންނާނީ 4 ޖުލައި ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގަ އެވެ. ފިނޭންސުން ބުނީ ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑްތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެ ކަމަށާއި ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފަ ކަމަށެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293