twitterviber whatsapp telegramfacebookyoutube instagram
26th April 2024

މެމްބަރުންގެ މުސާރަ އާއި އިނާޔަތް ދޭ ގޮތް ބަދަލުކުރަން ހުށައަޅައިފި

Jun 11, 2019

މެމްބަރުންގެ މުސާރަ އާއި އިނާޔަތް މިހާރު ދެމުން އަންނަ ގޮތް ބަދަލުކުރަން އަދާލަތު ޕާޓީން ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހުކުރަމުން ދާއިރު އާ މަޖިލީހުގެ މުހިއްމު މަސައްކަތެއްގެ ގޮތުގައި ގަވާއިދު އިސްލާހު ކުރަން ފަށައި އާއްމުންނާއި ޖަމިއްޔާތަކުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު އިއްޔެ ވަނީ ހަމަވެފަ އެވެ.

މަޖިލީހުގެ މެމްބަރެއްގެ މުސާރަ އަކީ މިހާރު 62،500ރ. އެވެ. އަދި ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ވަޑައިގަންނަވާ މެމްބަރުންނަށް 20،000ރ. ގެ އިނާޔަތެއް ލިބިވަޑައިގަންނަވަ އެވެ.

އަދާލަތުން ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވާ އިރު، އޭގެ ތެރޭގައި ރައްޔިތުންގެ ވެސް ކަންބޮޑުވުން ހުރި މައްސަލައެއްގެ ގޮތުގައި އޮތް މެމްބަރުންގެ މުސާރަ ދޭ ގޮތް މިހާރަށް ވުރެ ހަރުދަނާ ކުރަން އެދިފައިވެ އެވެ.

އަދާލަތުގެ އެއް ހުށަހެޅުމަކީ ހިނގަމުންދާ މަޖިލީހެއްގެ މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ނުގެނެވޭ ގޮތަށް މާއްދާއެއް އިތުރު ކުރުމެވެ. އެއާ އެކު، އެ މަހެއްގައި ބާއްވާ މަޖިލީހުގެ ޖަލްސާތަކުގެ ތެރެއިން މަދުވެގެން ދެބައިކުޅަ އެއްބައި ޖަލްސާ އަށް ހާޒިރުވާ މެމްބަރުންނަށް މުސާރަ އާއި އިނާޔަތް ދޭ ގޮތަށް ގަވާއިދު އިސްލާހު ކުރަން އަދާލަތުން ވަނީ ހުށަހަޅައިފަ އެވެ.

މަޖިލީހަށް ހާޒިރުވެވަޑައި ނުގެން އަދި ކުރާނެ މަސައްކަތެއް ނެތި މަޖިލީސް ހުއްޓިފައި އޮންނަ އިރު ވެސް މެމްބަރުން ބަރާބަރަށް މުސާރަ ނެންގެވުމާއި މަސައްކަތުގައި ބައިވެރިވެވަޑައިނުގަތަސް ހަމައެކަނި ސޮއިކުރައްވައިގެން ކޮމިޓީ އެލަވަންސް ނަންގަވާ މައްސަލައިގައި ވަނީ ޝަކުވާ ބޮޑުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355