twitterviber whatsapp telegramfacebookyoutube instagram
27th April 2024

މަސްޖިދުލް ޙަޟާރަތުގައި ފަރުވާކުޑަކޮށް އީދު ނަމާދު ކުރި އިމާމަށް ނަސޭހަތްދީފި

އަބްދުލް ވާހިދު ޙަސަން
Jun 12, 2019
1

ކުޅުދުއްފުށީ މަސްޖިދުލް ޙަޟާރަތުގައި މިދިޔަ ފިތުރު އީދު ނަމާދު ފަރުވާކުޑަކޮށް ކުރި އިމާމަށް އެފަދަކަމެއް ތަކުރާރުނުކުރުމަށް ނަސޭހަތްދީފި އެވެ.

މިރަށުގެ އެންމެ ބޮޑު ޖަމާއަތް އޮންނަ ޙަޟާރަތުގައި ފިތުރު އީދު ނަމާދުކޮށްދެއްވީ ހުސެއިން މުހައްމަދެވެ. އެމިސްކިތުގައި ފިތުރު އީދު ނަމާދުގެ ޖަމާއަތުގައި ބައިވެރިވި ބައެއް މީހުން ކޭއޯއަށް މައުލޫމާތުދެމުން ބުނީ އިމާމު ނަމާދަށް ގޮވާލުމާއެކު ނަމާދުކުރަން ފެށި ކަމަށާއި އެ ދޭތެރޭ ސަފު ހަދަން އެއްވެސް ވަރަކަށް ވަގުތު ނުދީ، އިމާމު އަވަސް އަރުވާލާފައި ނަމާދުކުރަން ފެށި ކަމަށެވެ.

ނަމާދު އަވަސް އަރުވާލާފައިކުރި ވަރުން ތަކްބީރުތައް ކިޔަން ވަގުތު ނުލިބި، ބައެއް މީހުންނަށް ތަކުބީރުތައް އޮޅުނެވެ. އަދި ދެވަނަ ރަކުއަތުގައި ތަކުބީރު ކިޔާފައިނުވުމާއި ސަފުތަކުގެ އެއްވަރުވެސް ކުރަން ވަގުތު ނުލިބި ނަމާދު ފުރިހަމަވުމާ މެދު ގިނަ ބަޔަކު ޝައްކުވެސް އުފެއްދި އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ މައްސަލަ ޖެހުނު އިމާމަށް ނަސޭހަތްދީ، އެފަދަ ކަމެއް ތަކުރާރުނުވާނެ ފަދަ ގޮތަކަށް އަމަލުކުރުމަށް އެދުނު ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރުވެއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެދުވަހު ނަމާދުކޮށް ނިމުމާއެކު ބައެއް މީހުން އިމާމު ކައިރިއަށްގޮސް ނަމާދުކުރި ގޮތާމެދު ހިތްހަމަނުޖެހުންވެސްފާޅުކޮށް ހެދި އެވެ. މިދިޔަ ފިތުރު އީދު ނަމާދު ކުޅުދުއްފުށީގައި 5 މިސްކިތެއްގައި އާއި ސްޓޭޑިއަމްގައި ކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355