twitterviber whatsapp telegramfacebookyoutube instagram
29th March 2024

އައިލެންޑް އެކްސްޕާޓަށް ދޫކޮށްފައިވާ ބިން ތިން މަސްތެރޭގައި ކައުންސިލަށް ލިބޭނެ: ލަތީފް

އިބްރާހިމް ހަމީދު
Jun 18, 2019
2

ކުޅުދުއްފުށީގައި ރޯހައުސްތަކެއް އެޅުމަށް ހަވާލުވި އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދޫކޮށްފައިވާ ބިން ތިން މަސްތެރޭގައި ހުސްކޮށް ކައުންސިލުގެ ބެލުމުގެ ދަށަށް ލިބޭނެކަމަށް ކައުންސިލުގެ ރައީސް އަބްދުލްލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ކުޅުދުއްފުށީގައި ރޯހައުސްތަކެއް އެޅުމަށް ހަވާލުކުރި އައިލެންޑް އެކްސްޕާޓް ކުންފުންޏަށް ދޫކޮށްފައިވަނީ ކޭޕީއެލް ކުރިމައްޗަށްވާ ސަރަހައްދުގައިވާ ހުސްބިމެކެވެ. އެހެންނަމަވެސް ނަޝީދުގެ ވެރިކަންބަދަލުވުމާއެކު ރޯހައުސްތަކުގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުގޮސް ވަނީ ހުއްޓިފަ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ މިހާރު އެކުންފުނީގެ ކަންކަމާއި ހަވާލުވެ ތިއްބެވި ފަރާތްތަކާއި ވާހަކަ ދެއްކެވި ތިންމަސް ތެރޭގައި އެބިން ހުސްކުރުމަށް ފަހު ކައުންސިލާއި ހަވާލުކޮށްދެއްވާނެކަމަށް ވަނީ އެފަރާތުން ވަނީ ބުނެފަ އެވެ.

އައިލެންޑް އެކްސްޕާޓް ބިމާބެހޭގޮތުން މިދަނީ އެފަރާތާ މަޝްވަރާކުރަމުން އެކޮޅުން އެބަބުނޭ ތިންމަސްތެރޭގައި އެބިން ހުސްކުރާނަމޭ. އެބައި ކުރިއަށްދޭ." ކައުންސިލް ރައީސް ވިދާޅުވި އެވެ.

އެކުންފުންޏަށް ދޫކޮށްފައިވާ ބިމުން ކައުންސިލުގެ މާލިއްޔާތަށް އެއްވެސް ކުއްޔެއް ނުލިބި އެތަން ކުންފުނިން ބޭނުންކުރަމުންދަނީ ގުދަނެއްގެ ގޮތުގައި އެވެ. އެހެންވެ ކުޅުދުއްފުށީ ގިނަ ރައްޔިތުންދަނީ ހިތްހަމަނުޖެހުންފާޅުކޮށް ކައުންސިލަށް ފާޑުކިޔަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355