twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީ އެސްޓީއޯ ފިހާރައިން ކާޑުގެ ބާވަތް ޑެލިވަރީ ކޮށްދިނުން ހުއްޓާލަނީ

އިބްރާހިމް ހަމީދު
Jun 19, 2019
2

ކުޅުދުއްފުށީ އެސްޓީއޯ ފިހާރައިން ވިއްކަމުންގެންދާ ކާޑުގެ ބާވަތްތައް ޖޫންމަހުގެ ތޭވިހުން ފެށިގެން ޑެލިވަރީކޮށްދިނުން ހުއްޓާލާނެކަމަށް އެސްޓީއޯއިން ބުނެފި އެވެ.

ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ އެންމެބޮޑު ވިޔަފާރި ކުންފުނިން ރައްޔިތުންނަށް ދެމުންގެންދާ ކާޑުގެ ބާވަތްތައް ޑެލިވަރީކޮށްދިނުމުގެ ހިދުމަތްތައް މެދުކަނޑާލަން ނިންމި ނިމުމަކީ މިއަދު ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.

މިސަރުކާރަށް ތާއީދުކުރާ މީހަކު ކޭއޯ މަޢުލޫމާތު ހިއްސާކުރަމުން ބުނީ އެސްޓީއޯ މެދުވެރިކޮށް ރައްޔިތުން ދެމުންގެންދާ ހިދުމަތްތައް މެދުކަނޑާލައި ރައްޔިތުން ކެއުމަށް ބޭނުންކުރާ ކާޑުގެ ބާވަތްތައް އެޖެންޓުން މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދޭން ނިންމި ނިއްމުމަކީ ބަލައިގަނެވޭނެ ކަންތައް ތަކެއް ނޫންކަމަށެވެ.

"މީގެ ކުރިންވެސް ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކާޑު ފޯރުކޮށްދެމުން ގެންދިޔައީ އެސްޓީއޯއިން މިއަދު ކޮންމެހެން ނުޖެހޭ އެޖެންޓުން ހޯދައިގެން އެކަންކުރާކަށް. މިބާވަތުގެ ކަންކަން ކުރުމުން ކުންފުނިތައް މިދަނީ ހަލާކުވެގެން. ޑެލިވަރީ ނުކޮށްދޭތާކު ކޮން ވިޔަފާރިއެއް ވާނީ. ކަންމަތީ ފިހާރަތަކުންވެސް ދަތްކޮއްޓާ އިލޮށިވެސް ޑެލިވަރީކޮށްދޭ."ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ އެސްޓީއޯގެ ފިހާރަތަކުގެ ބޭނުން މިދަނީ ކެނޑުމުން."އެމީހާ ބުންޏެވެ.

އެމީހާ އިތުރަށް ބުނީ އެސްޓީއޯއަކީ ރާއްޖޭގެ ރައްޔިތުންނަށް އެހިދުމަތް ފޯރުކޮށްދެވޭވަރުގެ ކެޕޭ ސިޓީ ހުރި ކުންފުންޏެއްކަމަށާއި ސަރުކާރުން ވިސްނަންވީ މިބާވަތުގެ ކަންކަން ހުއްޓާލުމުގެ ބަދަލުގައި ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ރައްޔިތުން އެދޭފަދަ ހިދުމަތްތަކެއް ފޯރުކޮށްދީ އެކުންފުނިތައްވެސް ފައިދާވާ ކުންފުނިތަކެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށެވެ.

މިކަމާގުޅިގެން ކޭއޯއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކާޑުގެ ބާވަތްތައް ވިއްކުމަށް އެޖެންޓުން ހޯދުމަށް ކުރިއަށްގެންދާ ޕްރޮގުރާމުގެ ދަށުން ކުޅުއްފުށީގައިވެސް ކާޑުގެ ބާވަތް ވިއްކުމަށް މިހާރުވަނީ އެޖެންޓަކާއި ހަވާލުކުރެވި އެމަސައްކަތް މިހާރު އެފަރާތުންދަނީ ކުރަމުންނެވެ.

އެގްރީމެންޓްވެސްވާނީ ހެދިފަ އެގްރީމެންޓާއި އެއްގޮތަށް އެއްވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެ އަގުތަކަށްވެސް ބަދަލެއް ނާންނާނެ ރައްޔިތުންނަށް އެހިދުމަތް ފޯރުކޮށްދޭނެ އެފަރާތުން ޑެލިވަރީވެސް ކޮށްދޭނެ ދައްޗެއްނުވާނެ." އެސްޓީއޯގެ އޮފިޝަލް ވިދާޅުވި އެވެ.

އިތުރަށް އޮފިޝަލް ވިދާޅުވީ ކުޅުދުއްފުށިން އެމަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވަނީ މިތުރު ކޮމްޕެނީއާ ކަމަށެވެ. އަދި އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ގެންދާކަމަށާއި މިހިދުމަތް ހޯއްދަވާ އެއްވެސް ރައްޔިތަކަށް ދައްޗެއް ނުވާނެކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. ކުޅުދުއްފުށީ އެސްޓީއޯއިން މިއަހަރުގެ ޖޫންމަހުގެ ތޭވިހުން ފެށިގެން ކާޑުގެ ބާވަތްތައް ޑެލިވަރީ ކުރުން ހުއްޓާލާނެކަމަށެވެ.

"އަދި ކާޑުގެ ބާވަތްތައް ބަލަވައިގަންނަވާ ހުރިހާ ފަރާތްތަކަށް އެއްބަސްވުމާއެއްގޮތަށް ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް މިތުރު ކޮމްޕެނީން ފޯރުކޮށްދޭނެކަމަށް." އޮފިޝަލް ވިދާޅުވި އެވެ.

ނިމިދިޔަ ސަރުކާރުންވެސް ކުންފުނިތަކަށް އޭރު ދިޔައީ ސަރުކާރުގެ ބާރާއި ސިޔާސީ ނުފޫޒުފޯރާ ކުންފުނިތައް ހިންގަންވީ ސްޕީޑުގައި ނުހިނގާކަމަށެވެ. އޭރުވެސް ގިނަބަޔަކު ދިޔައީ ފާޑުކިޔާ ސަރުކާރުގެ ކަމުނުދާވާހަކަ ކިޔަމުންނެވެ. ނިމިދިޔަ ސަރުކާރާއި ދޭތެރޭ ހިތްހަމަނުޖެހޭތީ ރައްޔިތުން ނުކުމެ ވޯޓްލައިގެން ބޮޑުއަގުލަބިއްޔަތަކުން މިސަރުކާރު ވެރިކަމަށް ގެނައީ ރައްޔިތުންނަށް މިސަރުކާރުން ރަގަޅު ގޮތްތަކެއް ވާނެކަމުގެ އުއްމީދުގައިކަމަށް ރައްޔިތުންދަނީބުނަމުންނެވެ.

އެހެންނަމަވެސް މިއަދު ސަރުކާރުން ރައްޔިތުންނަށް ހިދުމަތްދޭ ވަރުގަދަ ކުންފުނިތަކުންދޭ ހިދުމަތްތައް މެދުކަނޑާލާ ކުންފުނިތަކުންދެމުންގެންދިޔަ ބައެއް ހިދުމަތްތައް އަމިއްލަ ފަރުދުންގެ އަތްމައްޗަށްދޫކޮށްލާ އަނެއްބައި ކުންފުނިތަކުންދެވޭ ހިދުމަތުގެ ފެންވަރު ދަތްވެ ހިދުމަތް އެންމެއެކަށީގެންވާގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްނުދެވޭތީ މިއަދު ގިނަބަޔަކުދަނީ އެކަންކަމަށް ފާޑުކިޔަމުންނެވެ.

ރައީސް ޔާމީންގެ ސަރުކާރުން ވަނީ ކުޅުދުއްފުށީގައި އެސްޓީއޯއިން ވިއްކަމުންދިޔަ ކައްކާ ގޭހުގެ ހިދުމަތް އައުޓްސޯސްކޮށް، އެހިދުމަތް ފޯރުކޮށްދިނުމަށް އެޖެންޓަކާ ހަވާލުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355