• ސީޓީ ހިދުމަތް ދިނުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ދަނީވަމުން
• އިންސްޓޯލޭޝަން ޓީމް ހޮސްޕިޓަލްގައި ދަނީ މަސައްކަތް ކުރަމުން
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ބަހައްޓާފައިވާ ސީޓީ ސްކޭން މެޝިނުގެ ހިދުމަތް ޖޫންމަސް ނިމުމުގެ ކުރިން ލިބިގެންދާނެކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން އިންޑިޔާގެ ނިމްސްއިން ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބަހައްޓަން ގެނައި 16 ސްލައިސްގެ ސީޓީ މެޝިނެއްކެވެ. ނަމަވެސް ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ކުރުމަށްޓަކައި މިދިޔައަހަރު އޮކްޓޫބަރުމަހު ވަނީ ޔާމީން ސަރުކާރުންވަނީ 128 ސްލައިސްގެ އެންމެ ޒަމާނީ ސީޓީ މެޝިނެއް ކުޅުދުއްފުއްޓަށް ގެނެސް ހިދުމަތް ދިނުމަށް ވަނީ ތައްޔާރީތަކެއް ކޮށްފަ އެވެ.
ކޭއޯއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކުޅުދުއްފުށީ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސީޓީ މެޝިނުގެ އިންސްޓޯލޭޝަންގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.
"އުންމީދު ކުރަނީ ދިހަވަރަކަށް ދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމާލާ ޖޫންމަސް ނިމުމުގެ ކުރިން ނުވަތަ ޖުލައި ފެށޭތާ އެއީ ޕުލޭނާއީ އެއްގޮތަށް ދާނަމަ." ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ސީޓީގެ ހިދުމަތް ދިނުމަށް ބޭނުންވާ ޓްރެއިންވެފައިވާ މުވައްޒަފުން ހޮސްޕިޓަލުގައި އެބަތިބިކަމަށާއި އަދި ސީޓީ ހިދުމަތް ދިނުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވުމަށް ޓީމެއް މިހާރު ވަރަށް ބުރަކޮށް ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދާކަމަށެވެ ޕްލޭނާއި އެއްގޮތަށް މަސައްކަތް ނިންމާލެވިއްޖެންޔާ ޖޫންމަސް ނިމުމުގެ ކުރީން ރައްޔިތުންނަށް ސީޓީ ސްކޭނިންގ ހިދުމަތް ލިބިގެންދާނެކަމަށެވެ.
ސީޓީގެ މެޝިންގެ ގެނެސް އެ ހިދުމަތް ފޯރުކޮށްދިން ލަސްވަމުންދާތީ އާންމުންގެ ފާޑުކިޔުން ދަނީ ސަރުކާރަށް އަމާޒުވަމުންނެވެ.