ރާއްޖޭގެ މުވާސަލާތީ ހިދުމަތް އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އެއް ކުންފުނި ދިރާގުގެ މޮބައިލު ނަންބަރުތަކަށް ގުޅުމަށާއި ޑޭޓާ ބޭނުން ކުރުމުގައި މައްސަލަތަކެއް ދިމާވެ ބައެއް ހިދުމަތްތައް ހޯދުމުގައި ދަތިތަކެއް ދިމާވެއްޖެވެ.
ރެއިން ފެށިގެން ކުރިމަތިވެގެން އުޅޭ މި މައްސަލައިގެ ސަބަބުން ދިރާގުގެ ނަންބަރުތަކަށް ގުޅާލަން މަސަކަތް ކުރުމުން އެނައުންސްމެންޓް އަކަށް ފަހު ފޯނު ކެންޑެނީއެވެ.
މިކަމާ ގުޅިގެން ދިރާގުން ކުރި ޓުވީޓެއްގައި ބުނީ އެ ކުންފުނީގެ މޮބައިލް ކަސްޓަމަރުންނަށް ގުޅުމާއި ޑޭޓާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެކަމަށް މާފަށް އެދެމުން ދިރާގުން ބުނީ އެކަން ވީ އެންމެ އަވަހަކަށް ހައްލު ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.