twitterviber whatsapp telegramfacebookyoutube instagram
24th February 2020

ކަލަރ ރަންގެ އެކްސްޕޯ މިމަހު 25 އަދި 26 ގައި އައްޑޫ ސިޓީގައި

Jun 24, 2019

25 އަދި 26 ޖޫންގައި އުރީދޫ ކަލަރ ރަން އައްޑޫ ގެ އެކްސްޕޯ ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

އެކްސްޕޯގެ ފުރަތަމަ ދުވަސް ބޭއްވިގެންދާނީ އީކިއުއޭޓަރ ވިލެޖްގެ ބްލޫ ލެގޫން ގައި މެންދުރު ފަހު 14:00 ން ހަވީރު 18:00 ށެވެ. އަދި ރޭގަނޑު 20:00 ން 22:00 ށެވެ.

އެކްސްޕޯގެ ދެވަނަ ދުވަސް ކުރިއަށްދާނީ ސ. ހިތަދޫ ޔޫތް ސެންޓަރުގައި ހެނދުނު 10:00 ން ހަވީރު 18:00 ށެވެ. އަދި ރޭގަނޑު 20:00 ން 22:00 ށެވެ.

އެގޮތުން ކަލަރ ރަން އަށް ރެޖިސްޓަރ ވެފައިވާ އެންމެހާ ދުވުންތެރިންނަށް އެކްސްޕޯ ކުރިއަށް ދާވަގުތު އިން ކަލަރ ރަންގެ ކިޓުތައް ބައްލަވައިގަނެވޭނެއެވެ.

ކަލަރ ރަންގެ ކިޓްތައް ބައްލަވައިގަތުމަށް ރެޖިސްޓަރ ކުރި ފަރާތުގެ އައިޑީ ކާޑު އަދި ރެޖިސްޓަރ ކުރެއްވި ކަމުގެ ރަސީދުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ކޮޕީ އެއް ގެންނަންޖެހޭނެ ކަމަށާއި ރެޖިސްޓަރ ކުރެއްވި ފަރާތުގެ ބަދަލުގައި ކިޓް ނެންގެވުމަށް ކިޓް ހަވާލުވާ ފަރާތުގެ އައިޑީ ކާޑު ރެޖިސްޓަރ ކުރެއްވި ފަރާތުގެ އައިޑީ ކޮޕީ އަދި ރެޖިސްޓަރ ކުރެއްވި ކަމުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ރަސީދު ބޭނުންވާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ. އައިޑީ ކާޑުގެ ބަދަލުގައި، އެބޭފުޅެއްގެ އޮރިޖިނަލް ޕާސްޕޯޓު ނުވަތަ ލައިސަންސް ކާޑު ގަބޫލުކުރެވޭނެއެވެ.

އުރީދޫ ކަލަރ ރަން އައްޑޫ ބޭއްވިގެންދާނީ ކުރިއަށްއޮތް ހުކުރު ދުވަސްކަމަށްވާ 28 ޖޫން ގެ ހަވީރު 4.00 ން 6.00 ކަށެވެ.

މީގެ އިތުރުން ޖޫން 28 ވަނަ ދުވަހުގެ ހެންދުނު 8.00 ން 10.00 އަކަށް ވަނީ ވަރަށް ހާއްސަ ގުޑި މަހާސަމާ އެއްވެސް އިންތިޒާމް ކޮށްފައެވެ. މި މަހާސަމާގައި މަޑި އެރުވުން މަޑި ހެދުމުގެ ވަރކްޝޮޕްތަށް ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ހާއްސަ ސްޓޯލެއްވެސް ހިމެނިގެންދާނެއެވެ.

އަދި އުރީދޫ ކަލަރ ރަންގެ އެކްސްޕޯ ނިމޭއިރު ނުނަގާ ހުރި ކިޓްތައް އިތުރު ބޭފުޅުންނަށް ބައްލަވައިގަތުމުގެ ފުރުސަތު ގުޑި މަހާސަމާގައި ހުޅުވާލާނެއެވެ.

މީގެ އިތުރުން އުރީދޫ އާއި ގުޅިގެން ޓްވިޓްސާފުން ދަނީ ކުރިއަށްއޮތް ހޮނިހިރު ދުވަސް ކަމަށްވާ 29 ޖޫން ވަނަ ދުވަހުގެ ހަވީރު 4.00 ން 6.00 ކަށް އައްޑޫގައި ސާފުކުރުމުގެ އިވެންޓެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.

ކަލަރ ރަން އައްޑޫގައި ބޭއްވިގެންދަނީ ގިނަ ޕާޓްނަރުންގެ އެހީތެރިކަމާއި އެއްބާރުލުމާއި އެކުކަން އުރީދޫއިން ވަނީ ފާހަގަ ކޮށްފަ އެވެ. އެގިތުން މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް، އައްޑޫ ސިޓީ ކައުންސިލް،ކަލަރ ރަންގެ އިވެންޓް އޯގަނައިޒަރ ކަމަށްވާ ޔުނިކްސް ސްޕޯޓިންގް، މޯލްޑިވްސް ޕޮލިސް ސާވިސަސް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އައިލެންޑް އޭވިއޭޝަން، އީކުއޭޓާރ ވިލޭޖް، އައްޑޫ މެޑިސިޓީ، އެޗް.ކޭ ރެންޓަލްސް، ނޯޓް ކޮސްމެޓިކްސް، އީހަބް، ބުރުޒު ކޭޓަރިންގް، ވެމްކޯ އައްޑޫ އަދި ފެނަކާ ކޯޕަރޭޝަން ލިމިޓެޑް އަދި އައްޑޫ ލައިވް ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355