twitterviber whatsapp telegramfacebookyoutube instagram
19th September 2026

މިރާއަށް 2.7 މިލިއަން ޑޮލަރު ދައްކަން ތްރީއޭ ކުންފުންޏަށް ހުކުމްކޮށްފި

ނަބީލާ އިސްމާޢީލް
Jun 25, 2019
1

މީރާއަށް 2.7 މިލިއަން ޑޮލަރު ( 42 މިލިއަނަށް ވުރެން ގިނަ ރުފިޔާ ) ދައްކަން ތްރީ އޭ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން މިގޮތަށް ހުކުމް ކޮށްފައިވަނީ ތްރީ އޭ ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މީރާއަށް ޓީ.ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާ އަދި ގްރީން ޓެކްސް އާއި އެއާގުޅޭ ޖޫރިމަނާގެ ފައިސާ ހޯދުމަށް މީރާއިން ދައުވާ ކުރުމުންނެވެ.

އެފަރާތުގެ މައްޗަށް ހުކުމް ކޮށްފައިވަނީ ޓީ.ޖީ.އެސް.ޓީ އަދި އެއާއިގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 1,856,587.58 (އެއް މިލިއަން އަށް ލައްކަ ފަންސާސް ހަ ހާސް ފަސް ސަތޭކަ އަށްޑިހަ ހަތް ޑޮލަރު އަދި ފަންސާސް އަށް ސެންޓު) އެވެ.

އަދި ގްރީން ޓެކްސް އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 959,454 (ނުވަ ލައްކަ ފަންސާސް ނުވަ ހާސް ހަތަރު ސަތޭކަ ފަންސާސް ހަތަރު ޑޮލަރު) އެވެ.

މި ފައިސާދެއްކުމަށް އެ ކުންފުންޔަށް ދީފައިވަނީ 05 މަސްދުވަހުގެ މުއްދަތެކެވެ. މިމުއްދަތުގެ ތެރޭގައި ކޮންމެ މަހަކު އެމަހަކަށް ޖެހޭވަރު ދައްކާ ހަލާސް ކުރުމަށެވެ.

ހދ އަތޮޅުގައި ހުޅުވުނު ފުރަތަމަ ރިސޯޓް ކަމުގައިވާ ހޮނޑާފުއްޓަކީވެސް ތްރީ އޭ ކޮންޕެނީއިން ތަރައްގިކޮށްފައިވާ ރިސޯޓެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293