twitterviber whatsapp telegramfacebookyoutube instagram
20th June 2026

ހެޔޮ ބަދަލެއް ގެނައުމަށް އެމްޑީޕީ މެމްބަރުން ވަނީ އެތައް ޤުރުބާނީއެއް ވެފައި: ރައީސް

އިބްރާހިމް ހަމީދު
Jun 26, 2019
2

ރައްޔިތުން އެދޭ ހެޔޮބަދަލެއް ގެނައުމަށްޓަކއި މިވީ ސާދަ އަހަރުގެ ތެރޭގައި އެމްޑީޕީގެ ހުރިހާ މެމްބަރުން ވަނީ އެތައް ޤުރުބާނީއެއް ވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ އެމްޑީޕީގެ ސާދަ ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ތަހުނިޔާގެ ޓްވީޓެއްގައެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ ހަޔާތުގައި މިވީ ސާދަ އަހަރު ރައްޔިތުން އެދޭ ހެޔޮބަދަލެއް ގެނައުމަށް އެމްޑީޕީ މެމްބަރުން ވަނީ އެތައް ޤުރުބާނީއެއް ވެފައެވެ. އަދި ކުރަން ހުރި މަސައްކަތް ތައް ވެސް ގިނަކަމަށެވެ. އެމްޑީގެ ސާދަ ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެމްޑީޕީގެ އެހާރާއި މިހާރުގެ މެމްބަރުންނަށް އަރިސްކުރާކަމަށް އެޓްވީޓްގައި ރައީސް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ސާދަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހެނދުނު މާލޭގައި ހުންނަ އެޕާޓީގެ މައި އޮފީހުގައި ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ.

އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ އިތުރުން ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ބައިވެރިވެފައެވެ. އެމްޑީޕީއަކީ 2005 ވަނަ އަހަރު ޖޫން މަހުގެ 26 ވަނަ ދުވަހު އުފެދިގެންދިޔަ ސިޔާސީ ޕަޓީއެކެވެ. މިއަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހަކީ އެމްޑީޕީގެ ހަޔާތުން 14 އަހަރު ފުރުނު ދުވަހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355