twitterviber whatsapp telegramfacebookyoutube instagram
5th August 2026

ކުޅުދުއްފުށީގައި ހަލުވި ކަމާއެކު ޑެންގީ، ޗިކަންގުންޏާ ފެތުރެނީ، ހޮސްޕިޓަލުގައި އެނދު އިތުރުކޮށްފި

ޚަދީޖާ އާދަމް
Jul 11, 2019
3

ކުޅުދުއްފުށީގައި ހަލުވި ކަމާއެކު ޑެންގޫ އަދި ޗިކަން ގުންޏާ ފެތުރެމުން ދާއިރު އެޑްމިޓްކޮށްގެން ފަރުވާ ދިނުމުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށްޓަކައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެނދު އިތުރުކޮށްފި އެވެ.

އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ކޭއޯއަށް ވިދާޅުވީ މިހާރު ވަގުތީ ގޮތުން 5 އެނދު އިތުރުކޮށްފައިވާއިރު އަދިވެސް ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެ ނުލިބޭނެ ކަމަށެވެ. މި 5 އެނދު އިތުރުކޮށްފައިވަނީ ކުރިން ޕިޒިއޮތެރަޕީގެ ހިދުމަތް ދިނުމަށް ބޭނުން ކުރި ތަނުގައެވެ.

ހޮސްޕިޓަލްގައި ގަވައިދުން ސާޖަރީތަށްވެސް ހަދަމުން ދާއިރު އެފަދަ މީހުންނަކީ އޮބްޒަވޭޝަންގައި ބާއްވަން ޖެހޭ މީހުން ކަމަށްވާތީ އެނދު އިތުރު ކުރިނަމަވެސް ދާއިމީ ހައްލު ނުލިބޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މިދުވަސް ވަރު ު ޑެންގޫ، ޗިކަން ގުންޏާގެ އިތުރުން ބޭރަށް ހިންގުމުގެ ރޯގާއެއްވެސް އުޅޭކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޖާގައިގެ ދަތިކަން ބޮޑުވެގެން މިދިޔައީ ސަރުކާރުން ހޮސްޕިޓާ ހިންގުމަށް ހަވާލުކުރެވުން އިންޑިޔާގެ ނިމްސްއިން ސީޓީ މެޝިން ބެހެއްޓުމަށްޓަކައި ހޮސްޕިޓަލުގެ ވޯޑެއް ތަޅާލުމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355