twitterviber whatsapp telegramfacebookyoutube instagram
20th June 2026

މެޝިނެއްގެ މައްސަލަ ޖެހި ލެބޯޓަރީގެ ބައެއް ޓެސްޓްތައް މެދުކެނޑިއްޖެ

އަބްދުލް ވާހިދު ޙަސަން
Jul 15, 2019
3

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ، ލެބޯޓަރީގައި ހުރި މެޝިނެއްގައި މައްސަލަ ޖެހި ބައެއް ޓެސްޓްތައް ނުހެދި، ހިދުމަތް މެދުކެނޑިއްޖެ އެވެ.

ކޭއޯއަށް އެނގިފައިވާގޮތުގައި މައްސަލަ ޖެހުނީ އެ ހޮސްޕިޓަލުގެ ލޭގެ ޓެސްޓްތައް ހެދުމަށް ބޭނުންކުރާ މެޝިނުގައި އެވެ. އެހެންވެ ހެމަޓޮލޮޖީގެ ޓެސްޓްތައް ހެދުން ވަނީ މެދުކެނޑިފަ އެވެ.

އެ މައްސަލަ ދިމާވީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި އެވެ. އަދިވެސް އެމައްސަލަ ހައްލުނުކުރެވޭކަމަށް މައުލޫމާތު ލިބެ އެވެ.

މިކަމާ ގުޅިގެން އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މެޝިނަށް ދިމާވި މައްސަލަ ހައްލުކުރުމަށް ބަޔޮމެޑިކަލް އިންޖިނިއަރުން މަސައްކަތް ކުރަމުންދާ ކަމަށާއި ހިދުމަތް ވީހާވެސް އަވަހަކަށް ފޯރުކޮށްދެވޭނެކަމަށް އުންމީދުކުރާ ކަމަށެވެ.

މެޝިނުގައި މައްސަލަ ޖެހިފައިމިވަނީ ކުޅުދުއްފުށީގައި ހަލުވިކަމާއެކު ޗިކަންގުންޏާ އާއި ޑެންގީ އަދި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއެއްވެސް ފެތުރަމުންދާ ދުވަސްވަރެއްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355