twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކޭއާރުއެޗުގައި ޑިރެކްޓަރުން ފެންވަރުގެ 8 މަގާމު އުއްފަދާ، ވަޒީފާއަށް ހުޅުވާލައިފި

އަބްދުލް ވާހިދު ޙަސަން
Jul 18, 2019
1

ރާއްޖޭގެ އުތުރާއި ދެކުނުގައި ސަރުކާރުން ގާއިމުކުރަން މަސައްކަތް ކުރަމުންދާ ޓާޝަރީ ހޮސްޕިޓަލް، ކުޅުދުއްފުށީ ރީނަޖަލް ހޮސްޕިޓަލާއި ހިތަދޫ ހޮސްޕިޓަލަށް ބޭނުންވާ އިސް މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

މިދިޔަ އަހަރުތަކުގައި އެ ހޮސްޕިޓަލްތައް ހިންގާފައިވަނީ ޑިޕާޓްމަންޓްތަކުގައި ވެރިންގެ ގޮތުގައި އިސް މަގާމުތަކެއް އުފައްދާފައިނުވެ އެވެ. އެހެންވުމުން ޒިންމާވާނެ ފަރާތްތަކެއް ސާފުނުވެ ގިނަ ދާއިރާތަކުގެ ކަންތައްތައް ވަނީ ބޮއްސުންލައިފަ އެވެ.

ހެލްތް މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވެފައިވަނީ މި ދެ ހޮސްޕިޓަލަށް ބޭނުންވާ ޒިންމާ އުފުލޭވަރުގެ މަގާމުތައް އުފައްދާނެ ކަމަށާއި އޭރުން ހޮސްޕިޓަލުގެ މެނޭޖްމަންޓް ހަރުދަނާ ވެގެންދާނެ ކަމަށެވެ.

ހެލްތް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާންގައިވާ ގޮތުން އެ ހޮސްޕިޓަލުތަކުގެ ޑިޕާޓްމަންޓްތަކުގެ ވެރިންގެ ގޮތުގައި ޑިރެކްޓަރުން ފެންވަރުންގެ 8 މަގާމަށް ވަނީ ހުޅުވާލާފަ އެވެ.

އެގޮތުން ހުޅުވާލާފައިވާ މަގާމުތައް:

  • ޑިރެކްޓަރ-ޕްރޮކިއުމަންޓް
  • ޑިރެކްޓަރ-ބަޖެޓް އެންޑް ފައިނޭންސް
  • ޑިރެކްޓަރ-ހިއުމަން ރިސޯސް
  • އެސިސްޓެންޓް ޑިރެކްޓަރ-ފެސިލިޓޭޓިވް ސަރވިސް
  • ޑިރެކްޓަރ-އެޑްމިން
  • ޑިރެކްޓަރ ޖެނެރަލް
  • ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް-ކޯޕަރޭޓް ސަރވިސް
  • ޑިރެކްޓަރ-އިންފޮމެޝަން ޓެކްނޮލޮގީ

މިމަގާމުތަކަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުން ތައުލީމީ ފެންވަރުގެ ސެޓްފިކެޓްތައް މިމަހުގެ 28 ވަނަ ދުވަހުގެ 13:30 ގެ ކުރިން އެ މިނިސްޓްރީއަށް ނުވަތަ މަސައްކަތް ކުރަން ބޭނުންވާ ހޮސްޕިޓަލަކަށް ހުށަހެޅުމަށް އިއުލާންގައިވެ އެވެ. އިންޓަވިއުކުރުން އޮންނާނީ އޯގަސްޓްމަހު ހެލްތް މިނިސްޓްރީގައި އެވެ.

މިކަމާ ގުޅޭ މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 3014344 ނަންބަރަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355