twitterviber whatsapp telegramfacebookyoutube instagram
7th June 2026

ބެސްޓްބަޑީގެ ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

ނަބީލާ އިސްމާޢީލް
Jul 22, 2019

ބައިސްކަލެއް ގަނެގެން އަގުހުރި އިނާމުތަކެއް ލިބޭގޮތަށް ބެސްޓްބަޑީން ފެށި ޕުރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ. މި ޕުރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ މިއަހަރު އެޕްރީލް މަހުގެ 1 ވަނަދުވަހުން 31 މެއިގެ ނިޔަލަށެވެ.

އެއްވަނަ އިނާމަކަށް ބަންކްބެޑެށް، ދެވަނަ އިނާމަކަށް 2 ދޮރުފަތްލީ އަލަމާރިއެއް، އަދި ތިންވަނަ އިނާމަކަށް 4 ވަތްގަނޑުލީ ކަބަޑެށް ހުށައެޅިގެން ކުރިއަށް ގެންދިޔަ މި ޕުރޮމޯޝަންގެ 1 ވަނަ ނަސީބު ވެރިޔަކީ ކުޅުދުއްފުށީ/ސަންފުލާވަރ، އިބްރާހިމް މުހައްމަދެވެ.

ދެވަނަ ނަސީބުވެރިޔަކަށް ހޮވިފައިވަނީ ނޮޅިވަރަންފަރު/ވިލާ، ފާތިމަތު ފަޒްލީނާއެ އަދި ތިންވަނަ ނަސީބުވެރިޔަކަށް ހޮވިފައިވަނީ ކުމުންދޫ/އިރުދޭމާގެ، އާމިނަތު ލޫނާ އެވެ.

ބެޓެރީ ވެހިކަލް އާއި ބައިސްކަލްގެ ވިޔަފާރި ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ވިއްކަމުންދާ ބެސްޓް ބަޑީން ދަނީ މިފަދަ ޕުރޮމޯޝަންތައް ކުރިއަށް ގެންދަމުންނެވެ. މިހާރު ބެސްޓްބަޑީގެ ވިޔަފާރިފުޅާކުރުމުގެ ގޮތުން މާލޭގައިވެސް މިއަހަރުތެރޭގައިވަނީ އެތަނުގެ ފިހާރައެއް ހުޅުވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355