twitterviber whatsapp telegramfacebookyoutube instagram
3rd February 2026

ހާލުގައި ޖެހުނު ލަންކާގެ 7 މަސްބޯޓް ކުޅުދުއްފުއްޓަށް ގެނެސްފި

އަބްދުލް ވާހިދު ޙަސަން
Jul 21, 2019
1

މޫސުން ގޯސްވެ، ހާލުގައި ޖެހުނު ލަންކާގެ މަސްބޯޓްތައް ކުޅުދުއްފުއްޓަށް ގެނެސްފި އެވެ. މި ބޯޓްތައް ވައްދާފައިވަނީ ސަރަހައްދީ ބަނދަރަށެވެ. އެގޮތުން 7 މަސްބޯޓެއް ވަނީ ގެނެސްފަ އެވެ.

އެމްއެންޑީއެފުން ބުނީ މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން އެމްއެންޑީއެފް ކޯސްގާރޑުގެ އެހީތެރިކަމަށް އެދުނު ލަންކާގެ މަސްބޯޓްތައް، ކަމާ ގުޅުން ހުރި ސަރުކާރުގެ މުވައްސަސާތަކުގެ ހުއްދައާއެކު އެމްއެންޑީއެފް ކޯސްޓްގާރޑްގެ ބެލުމުގެ ދަށުން ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް ވައްދާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓްތައް ކުޅުދުއްފުއްޓަށް ގެންދިޔައީ ކަނޑު ގަދަވުމުން ފުރޭވަރު ނުވާތީ ކަމަށާއި މޫސުން ރަނގަޅުވިހާ އަވަހަކަށް އެ ބޯޓްތައް ފުރާނެ ކަމަށެވެ.

މި ބޯޓްތައް ހާލުގައި ޖެހުނީ ހއ އަތޮޅާއި ދިމާލުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރު ކުރަމުން ދަނިކޮށް ކޮޅިގަނޑެއްގައި ޖެހިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355