twitterviber whatsapp telegramfacebookyoutube instagram
16th March 2026

ހަނިމާދޫ ސްކޫލްގެ ބެލެނިވެރިންނަށާއި ދަރިވަރުންނަށް ދީނީ މައުލޫމާތު ދިނުމުގެ ޕުރޮގުރާމެއް ހިންގައިފި

Jul 22, 2019

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމު ކޮށްގެން އެރަށު ސްކޫލްގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ދިނީ މައުލޫމާތު ދިނުމުގެ ޕްރޮގުރާމެއް ހިންގައިފިއެވެ. މިޕުރޮގުރާމް އަކީ ހަނިމާދު ޒުވާނުންގެ ޖަމިއްޔާއަށް 25 އަހަރު ފުރުމާއި ހަނިމާދޫ ސުކޫލަށް 50 އަހަރު ފުރުމުގެ މުނާސަބާގައި ހަނިމާދޫ ސުކޫލް ދަރިވަރުންނާއި ބެލެނިވެރިންގެ ދީނީ ހޭލުންތެރިކުރުމުގެ މަގުސަދުގައި ހިންގުނު ޕްރޮގުރާމެއްކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދެ އެވެ.

މިޕްރޮގުރާމް ހިންގާފައިވަނީ 2 ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ސުކޫލްގެ ގުރޭޑް 8، 9، 10 ދަރިވަރުންނަށް އަމާޒުކޮށްގެން އަގީދާ ވޯކްޝޮޕަކާއި އަދި ރޭގަނޑު ސުކޫލްގެ ބެލެނިވެރިންނަށް ދަރިން ތަރުބިއްޔަތު ކުރުމާ ބެހޭގޮތުން ވަނީ ދީނީ ނަސޭހަތްދީފަ އެވެ. ޕްރޮގުރާމްގައި ސުކޫލްގެ 3 ގުރޭޑްގެ 30 ދަރިވަރުންނާއި 200 ބެލެނިވެރިންވަނީ ބައިވެރިވެފަ އެވެ. މައުލޫމާތު ދެއްވާފައިވަނީ އައްޝައިޚު ފަޟުލޫން މުޙައްމަދެވެ.

އަދި މީގެ އިތުރުން މިޕުރޮގުރާމްގެ ދަށުން ހަނިމާދޫ 2 މިސްކިތުގައި ޝެއިހްގެ ދީނީ ދަރުސް ދިނުން ކުރިޔަށް ގެންދެވިފައިވާކަމަށް އެފަރާތުން މައުލޫމާތުދެ އެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަކީ މިފަދަ ޕްރޮގުރާމްތައް ހަނިމާދޫގައި ކޮންމެއަހަރަކުވެސް މެދުކެދުމެއްނެތި ބާއްވަމުންއަންނަ ޖަމިއްޔާއެކެވެ. ހަނިމާދު ޒުވާނުންގެ ޖަމިއްޔާއަކީ އާންމުހިދުމަތުގެ އިނާމް ލިބިފައިވާ 25 އަހަރުވީ ޖަމިއްޔާއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355