twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ އެއާޕޯޓްގެ ވަޒީފާތަކަށް ހުޅުވާލައިފި

އިބްރާހިމް ހަމީދު
Jul 24, 2019
8

ކުޅުދުއްފުށީ އެއާޕޯޓް ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ރީޖަނަލް އެއާޕޯޓުން ހުޅުވާލައިފި އެވެ. އެގޮތުން 13 ދާއިރާއިން 25 މީހުން ހޯދަން ވަނީ ހުޅުވާލާފަ އެވެ.

ސަރުކާރުން ބޮޑުއީދަށް ހިދުމަތް ދިނުމަށް ތައްޔާރުވަމުންދާ ކުޅުދުއްފުށީ އެއާޕޯޓަށް ބޭނުންވާ މުވައްޒަފުން ނެގުމަށް މިއަދު ވަނީ ރީޖަނަލް އެއާޕޯޓުން ހުޅުވާލާފަ އެވެ.

ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށް ބަލައިގަނެވޭނެކަމަށާއި އަދި އިއުލާންގައިވާ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރު ބަނދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެކަމަށް ރީޖަނަލް އެއާޕޯޓްސް މަޢުލޫމާތުދެ އެވެ.

އެގޮތުން ހުޅުވާލާފައިވާ މަގާމުތައް:

  • ޑިރެކްޓަރ - ބޭނުންވާ އަދަދު 01
  • އެޑްމިނިސްޓްރޭޓިވް އޮފިސަރ - ބޭނުންވާ އަދަދު 01
  • އެކައުންޓްސް އޮފިސަރ - ބޭނުންވާ އަދަދު 01
  • އެސިސްޓެންޓް އޮޕަރޭޝަން އޮފިސަރ - ބޭނުންވާ އަދަދު 01
  • މަސައްކަތު މީހުން - ބޭނުންވާ އަދަދު 07
  • އެސިސްޓެންޓް ފަޔަރ ފައިޓަރ - ބޭނުންވާ އަދަދު 04
  • ޑްރައިވަރު - ބޭނުންވާ އަދަދު 01
  • ގާޑުން - ބޭނުންވާ އަދަދު 04
  • އެސިސްޓެންޓް ސޭފްޓީ އޮފިސަރ - ބޭނުންވާ އަދަދު 01
  • އެސިސްޓެންޓް އެއަރ ފީލްޑް ޓެކްނީޝަން - ބޭނުންވާ އަދަދު 01
  • ފަޔަރ އޮފިސަރ - ބޭނުންވާ އަދަދު 01
  • ސަބް އޮފިސަރ - ބޭނުންވާ އަދަދު 01
  • ލީޑިން ފަޔަރ މަން - ބޭނުންވާ އަދަދު 01

އަދި މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 6 އޯގަސްޓް 2019 އާއި 7 ސެޕްޓެމްބަރ 2019 އާދެމެދު ކުޅުދުއްފުށީގައި ކަމަށްވެސް އެފަރާތުން މަޢުލޫމާތުދެ އެވެ.

މިވަޒީފާއަށް ހުށައަޅާ ސަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ އިތުރުނަމަ ތައުލީމާއި ތަޖްރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތް ތައް ސޯޓް ލިސްޓް ކުރެވޭނެކަމަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3323776 އަދި 7993776 ފޯނު ނަމްބަރާއި ގުޅުމުންވެސް އަދި ރީޖަނަލް އެއާޕޯޓްގެ އީމެއިލުން[email protected] ) ވެސް ލިބިގެން ދާނެކަމަށެވެ. މީގެ އިތުރުން ކުޅުދުއްފުށީ އެއާޕޯޓަށް ހުޅުވާލާފައިވާ ވަޒީފާތަކާ ބެހޭ މަޢުލޫމާތު ގެޒެޓުން ވެސް ލިބެން ހުންނާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355