twitterviber whatsapp telegramfacebookyoutube instagram
28th March 2024

ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރަމުން ދާތީ ދިރާގުގެ ބައެއް ހިދުމަތްތައް ހޯދުމަށް ދަތިތަކެއް

Jul 25, 2019
1

ދިރާގުގެ ބައެއް ހިދުމަތްތައް ހޯދުމުގައި މިހާރު ދިމާވާ ދަތިތަކަކީ ދިރާގުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ދިރާގުގެ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑްގެ ދެވަނަ މަރުހަލާގެ މުހިންމު މަސައްކަތްތަކެއް ކުރަމުން ދާތީ ދިމާވާ ދަތިތަކެއް ކަމަށް ދިރާގުން ބުނެފި އެެވެ.

މި އަޕްގްރޭޑް މަސައްކަތަކީ ވަރަށް ގިނަ ޓެކްނިކަލް ކަންތައްތަކެއް އެކުލެވިގެންވާ އަދި ގިނަ މަރުހަލާތަކަކަށް ބެހިގެންދާނެ މަސައްކަތްތަކެއް ކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ.

އެގޮތުން ތިރީގައި މިވާ ބައެއް ސަޕޯޓް ހިދުމަތްތަށް ލިބިވަޑައިގަތުމުގައި ދަތިތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

o ރީލޯޑް އަދި ރީޗަރޖް އާއި ގުޅޭ ހިދުމަތްތައް

o މޮބައިލް އެޑް އޮންސް އަދި މޮބައިލް ޕެކޭޖް ބަދަލުކުރުން

o ދިރާގު ވެބްސައިޓްގައިވާ "މައި އެކައުންޓް" އަދި ދިރާގު މޮބައިލް އެޕް

o މަމެން މޯބައިލް އެޕް (ބިލްޑް އަދި ޓޭކްބެކް ފީޗަރ)

o ދިރާގު ކަސްޓަމަރ ސާރވިސް ސެންޓަރ ތައް އަދި ދިރާގު ޕާރޓްނާޝޮޕް ތަކުން އައު މޮބައިލް ޚިދުމަތް ހޯދުމާއި މޮބައިލް ބިލަށް ފައިސާ ދެއްކުން

oމޮބައިލް ނަންބަރ ޕޯރޓަބިލިޓީ

ނަމަވެސް ކަސްޓަމަރުންނަށް ޑޭޓާ، އެސް.އެމް.އެސް އަދި ވޮއިސް ކޯލްގެ ހިދުމަތައް ބޭނުން ކުރެވެނޭކަމަށް ދިރާގުން ބުނެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި މަސައްކަތް ކުރިއަށް ގެންދާ ވަގުތުތަކުގައި ކަސްޓަމަރުންނަށް ބައެއް ހިދުމަތްތަށް ބޭނުން ކުރުމުގައި ތަދިތަކަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަތުމަކީ އެކަށީގެންވާ ކަމެކެވެ. ދިރާގުގެ އަމާޒަކީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ މައި ހިދުމަތްތަކަށް ވީހާވެސް ބުރޫ ނާރާނެ ގޮތަކަށް މަސައްކަތް ރާވާ ކުރިއަށް ގެންދިއުން ކަމަށް ވެސް ދިރާގުން ބުނެއެވެ.

މި މަސައްކަތް ކުރިއަށްގެންދާ ދުވަސްތަކުގެ ތެރޭގައި ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިތަކަށް ދިރާގުން ވަނީ މާފަށް އެދިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355