twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދަނޑުވެރިކަމުގެ ތަމުރީން ހޯދުމަށް ހަ މީހަކު އިންޑިއާއަށް ފޮނުވަނީ

އަބްދުލް ވާހިދު ޙަސަން
Jul 25, 2019

ދަނޑުވެރިކަމުގެ މައުލޫމާތު ވީހާވެސް ކައިރިން ދަނޑުވެރިންނަށް ފޯރުކޮށްދެވޭނެ މަގު ފަހިކުރުމަށްޓަކާ ކަމުގެ ފަންނީ މީހުން ބިނާކުރުމަށް 6 މީހަކު އިންޑިޔާއަށް ފޮނުވަން ނިންމައިފި އެވެ.

މުހައްމަދު އުމަރު މަނިކު ފައުންޑޭޝަންގެ އެހީގައި ހިންގާ މި ފީލްޑް އޮފިސަރުން ތަމްރީން ކުރުމުގެ މި ޕްރޮގުރާމް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހު އިންޑިޔާގެ ޓަމިލްނާޑޫ އެގްރިކަލްޗަރ ޔުނިވާސިޓީގައި އެވެ.

ރާއްޖޭގައި އެކި ރަށްރަށުގައި ތިބޭނެ ދަނޑުވެރިކަމުގެ ފީލްޑް އޮފިސަރުން ތަމްރީންކުރުމުގެ ގޮތުން މުހައްމަދު އުމަރު މަނިކު ފައުންޑޭޝަން އިން ފިޝަރީޒް މިނިސްޓްރީއާއެކު މިމަހު ކުރީ ކޮޅު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މި ޕްރޮގްރާމްގައި މިނިސްޓްރީގެ މުވައްޒަފަކާއި ހއ.ކެލާ، ހދ.ނެއްލައިދޫ، ރ. ވާދު، ގއ. މާމެންދޫ އަދި ފުވައްމުލަކުން ޖުމްލަ ހަ މީހަކު ބައިވެރިވެ އެވެ.

ދަނޑުވެރިކަމުގެ މި ތަމްރީން ޕްރޮގުރާމުގެ ބައިވެރިންނާ ބައްދަލުކުރައްވައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ ޓްރެއިނިން ޕްރޮގްރާމް ފުރިހަމަ ކުރުމަށް ފަހު އެނބުރި އައިސް ދަނޑުވެރިންނަށް ހިދުމަތް ކުރުމުގައި ނަމޫނާ ދައްކައިދީ ދަނޑުވެރިކަމުގެ ސިނާއަތު އިތުރު ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދިނުމަށް އެދިލެއްވި އެވެ.

ހަ މަސް ދުވަހުގެ މުއްދަތަކަށް ޓެމިލްނާޑޫ އެގްރިކަލްޗާ ޔުނިވާސިޓީގައި ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ބައިވެރިންގެ ދަތުރުފަތުރާއި ހުރުމާއި ކެއުން އަދި ޔުނިވާސިޓީގެ ހުރިހާ ހަރަދެއް ކުރަނީ މުހައްމަދު އުމަރު މަނިކު ފައުންޑޭޝަނުންކަމަށް ފިޝަރީޒް މިނިސްޓްރީ ހާމަކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355