twitterviber whatsapp telegramfacebookyoutube instagram
24th April 2024

ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ކެލައަށް ދޭން ތައްޔާރުވަނީ

ނަބީލާ އިސްމާޢީލް
Aug 7, 2019

މުޅި ރާއްޖެއަށް އަމާޒުކޮށް ބޭންކިންގ ހިދުމަތް ފުޅާކުރަމަށް ބޭންކް އޮފް މޯލްޑިވިސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހއ. ކެލާގައި އޭޓީއެމް ގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އޭޓީއެމް ގެ ހިދުމަތް ދޭން ފޭސުމަށް ހަަމަޖެހިފައިވަނީ އީދު ބަންދަށް ފަހުގަ ކަމަށް ބީއެމްއެލްއިން ހާމަކުރެ އެވެ. މި އޭޓީއެމް އާ އެކު ހއ. ގައި ބީއެމްއެލް އިން އޭޓީއެމްގެ ހިދުމަތް ދޭ 4 ރަށަށް ވެގެންދާނެކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ. ކެލާގެ އިތުރުން ހޯރަފުށި، އިހަވަންދޫ އަދި ދިއްދޫގައި ބެންކުގެ 3 ބްރާންޗް މެދުވެރިކޮށް މިހާރު ވެސް ހިދުމަތް ލިބެމުންދެއެވެ. މީގެ އިތުރުން ހއ. ބާރަށުގައި އޭޓީއެމް ހިދުމަތް ދިނުމަށްޓަކައި ވެސް ބީއެމްއެލް އިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ބޭންކުން ހާމަކުރެއެވެ.

ބީއެމްއެލްގެ އޮފިޝަލް ހާމަކުރެއްވިގޮތުގައި އީދު ބަންދަށްފަހު ހުޅުވޭ ހަފްތާތެރޭގައި ކެލާގައި އޭޓީއެމް ހިދުމަތް ދޭން ފެށޭނެކަމަށެވެ. މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. މިއާއެކު ކެލާގެ ރައްޔިތުންނަށާއި އަދި ކެލާ ކައިރީގެ ރަށްރަށުގެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ.

މިއަަހަރު މިހާތަނަށް ބީއެމްއެލް އިން ވަނީ 5 ރަށެއްގައި ސެލްފް ސަވިސް ބޭންކިންގ ހިދުމަތް ދޭ ފަށާފައި ވާނެކަމަށް ބީއެމްއެލްއިން ހާމަކުރެއެވެ. މިހަފްތާ އަލިފުށީގައި ގާއިމްކުރެވުނު އޭޓީއެމް ހިދުމަތާއެކު މިހާރު ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކުރެވިފައިވާ އޭޓީއެމްގެ އަދަދު 108 އަށް ވަނީ އަރާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355