twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޓަގެއްގައި އަދީބު ފިއްލެވި މަންޒަރު ދައްކާލައި މަށިމާލި ޕެރޭޑު ސަމާލުކަން ހޯދައިފި

އަބްދުލް ވާހިދު ޙަސަން
Aug 12, 2019
5

ކުޅުދުއްފުށީގެ މަށިމާލި ޕެރޭޑްގައި މިއަހަރުވެސް ގިނަ ސިޔާސީ ޖޯކުތަކާއެކު ގިނަ ބައެއްގެ ސަމާލުކަން ހޯދައިފި އެވެ.

މިހާރު މަށިމާލި ޕެރޭޑަކީ އެތައްކަމެއް އޭގެ ތެރޭގައި ހިމެނޭ އަދި އެތައް ބައިވަރު ވައްތަރުގެ މާލިތަކުގެ އިތުރުން މެސެޖުތަކެއް ގެނެސްދޭ ކުޅިވަރެކެވެ. އޭރެއްގައި އެންމެ “ޓްރެންޑިންގ” ކަންކަމަށް ހަޖޫ ޖަހާލުމެކެވެ.

މިއަހަރުގެ މަށިމާލި ޕެރޭޑުންވެސް ސިޔާސީ ގިނަ ޖޯކްތަކެއް ފެށިގެން ދިޔަ ސަރުކާރުން ރައްޔިތުންނަށްވެފައިވާ ބައެއް ވައުދުތައް ނުފުއްދާތީ އެކަމަށްވެސް ހަޖޫ ޖަހާފައިވެ އެވެ.

މިއަހަރުގެ މަށިމާލި ޕެރޭޑްގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލަވައިގެން އިންޑިޔާގެ ސޫތުކުޅިއަށް ވަޑައިގެންނެވި މަންޒަރުތައް ދައްކުވައިދޭ މާލިތަކެވެ. އަދި ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝަރީކުރުމުގެ ވައުދުތަކާއި ފުލެޓްގެ ވައުދުތަކުންވެސް ރައްޔިތުންގެ ކަންބޮޑުންވުން ދައްކާލާފައިވެ އެވެ.

ކުޅުދުއްފުއްޓާއި އިންޑިޔާގެ ކޮޗިންނާ ދެމެދު ސަރުކާރުން ދޭން ވައުދުވި ފެރީގެ ނިޒާމަށްވެސް ވަރަށް ފުރިހަމައަށް މި މާލި ޕެރޭޑްގައި ވަނީ ހަޖޫޖަހާލާފަ އެވެ. އެގޮތުން އެފަދަ ތަފާތު ދެ ފުޅަނދެއް ދައްކާލާފައިވެ އެވެ. އަދި ބާގީ ލުތުފީ އެއާޕޯޓުން އައި މަންޒަރުވެސް މި މާލި ޕެރޭޑްގައި ދައްކާލާފައިވެ އެވެ.

ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ މަތިން ހަނދާންކޮށްދިނުމުގެ ގޮތުންވެސް ގިނަ މާލިތަކެއް ހަރަކާތްތެރިވެފައިވެ އެވެ.

މި ޕެރޭޑްގައި އެޖެންޑާ 19 އަށްވެސް ފާޑުކިޔާފައިވާއިރު މި މާލި ޕެރޭޑްގައި އެތަކެއް ސަތޭކަ މާއްޔެއްވަނީ ބައިވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355