twitterviber whatsapp telegramfacebookyoutube instagram
3rd July 2026

ތިންމަހުގެ މެދުކެނޑުމަކަށްފަހު ލޮލުގެ ބަލިތަކުގެ ފަރުވާދޭން މާދަމާ ފަށަނީ

އިބްރާހިމް ހަމީދު
Aug 18, 2019

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ލޮލުގެ ނަމްބަރު ނެގުމާއި ލޮލުގެ ބަލިތަކަށް ދެވޭ ފަރުވާ ހިދުމަތް ގިނަދުވަސްތަކެއް މެދު ކެނޑުމަކަށް ފަހު މާދަމައިން ފެށިގެން އެހިދުމަތް ލިބެމުންދާނެކަމަށް އެހޮސްޕިޓަލުން ބުނެފި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ލޮލުގެ ބަލިތަކަށް ފަރުވާދެމުންދިޔައީ އިންޑިޔާގެ އަންހެން ޑޮކްޓަރެއް ކަމަށެވެ. މެއިމަހުގެ ފަނަރައިން ފެށިގެން އެ ޑޮކްޓަރު ޗުއްޓީއަށް ދިޔުމުން ހޮސްޕިޓަލުން ލޮލުގެ ނަމްބަރު ނެގުމާއި ލޮލިގެ ބަލިތަކަށް ދެވޭފަރުވާނުދެވި އެހިދުމަތް ވަނީ މެދުކެނޑިފަ އެވެ.

އެކަމުގެ ސަބަބުން ހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކުން ދިޔައީ އެހިދުމަތް ހޮސްޕިޓަލުން މެދުކެނޑުމުން ހިތްހަމަ ނުޖެހުންފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޭއޯއަށް މަޢުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ހަދީޖާ އަޙްމަދު ވިދާޅުވީ ހޮސްޕީޓަލުން މާދަމައިން ފެށިގެން ލޮލުގެ ޑޮކްޓަރުގެ ހިދުމަތް ލިބެމުންދާނެކަމަށެވެ.

" މާދަމައިން ފެށިގެން ލޮލުގެ ޑޮކްޓަރު ބަލިމީހުން ބެއްލެވުމަށް ޑިއުޓީގައި އިންނަވާނެ. ހޮސްޕިޓަލުން އެޕޮއިންޓްމެން ލިބޭނެ." ހަދީޖާ ވިދާޅުވި އެވެ.

ޑޮކްޓަރުން ޗުއްޓީއަށް ދިޔުމުން ހިދުމަތް މެދުކެނޑޭ މައްސަލަ ހައްލުކުރައްވާނެކަމަށް ހެލްތް މިނިސްޓަރު އަބުދުﷲ އަމީން ވަނީ ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355