twitterviber whatsapp telegramfacebookyoutube instagram
16th April 2026

ސޯލިހާއި ނަޝީދު އެކުގާ ސިޔާސީ އިސްލާހީ މަސައްކަތް ކުރުމަކީ ރާއްޖެއާއި ރައްޔިތުންގެ ކުރިމަގަށް ލިބޭ އުންމީދެއް: އާތިފު

Dec 25, 2025
1

ރައީސް ސޯލިހު އަދި ރައީސް ނަޝީދު އެކުގާތިބެ ސިޔާސީ އިސްލާހީ މަސައްކަތް ކުރުމަކީ ދިވެހިރާއްޖެއާއި ރައްޔިތުންގެ ކުރިމަގަށް ލިބޭ އުންމީދެއްކަމުގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު ބައްދަލުކުރި ފޮޓޯއެއް ޝެއާކުރައްވައި، އާތިފު ވިދާޅުވީ، އެއީ އުފާވެރި މަންޒަރެއް ކަމަށާއި ރާއްޖޭގެ ޤާނޫނު އަސާސީގެ ރޫހު ގެއްލި ޑިމޮކްރެޓިކް އަސާސްތައް ދަނީ ނެތި، އިޤްތިސާދު މެނޭޖް ނުކުރެވި ރައްޔިތުންގެ އާންމު ދިރިއުޅުން ދަނީ ދަތިވަމުން ކަމަށެވެ.

އަދި ރާއްޖޭގެ މާލީ ނިޒާމު ބޮއްސުންލާ ގައުމީ ތަރައްޤީ ހުއްޓި، ދަޢުލަތް ހިންގުމުގެ ހަރަދު އިންތިހާޔަށް ބޮޑުވެ ޤައުމީ އުފެއްދުންތެރިކަމަށް ކުރާ ހޭދަ ދަނީ ދަށްވަމުންކަމުގައި އާތިފު ވިދާޅުވި އެވެ.

އާތިފު ވިދާޅުވީ، ކޮރަޕްޝަނާ ފަސާދަ އިތުވާކަމުގެ ޝަކުވާ އިންތިހާޔަށް ދަނީ ބޮޑުވަމުން ކަމަށާއި ޤައުމު މިދާ ގޯސް މިސްރާބުން ސަލާމަތްކުރުމަށް މިވަގުތު ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން އެކުގާ މަސައްކަތްކޮށް އަވަސް ހައްލުތަކެއް ހޯދުމަކީ މުހިންމުކަމެއްކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355