twitterviber whatsapp telegramfacebookyoutube instagram
20th April 2024

އުތުރުގެ އެންމެ ބޮޑު ހޮސްޕިޓަލުގައި ވެރިޔަކު ނެތް!؟

Aug 20, 2019
8

އުތުރުގެ އެންމެ ބޮޑު އަދި އަތޮޅުތެރޭގައި އެންމެ ގިނަ ރައްޔިތުން ހިދުމަތް ހޯދައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ މިވަގުތު ހިނގަމުންދަނީ ވެރިޔަކު ނެތި އެވެ.

މިވެރިކަން ފެށުނުއިރު ހޮސްޕިޓާ ހިންގުމަށް ހުންނެވީ ޑރ މުހައްމަދު ވަހީދެވެ. އޭނާއަށް އެމަގާމު ހަވާލުކުރެއްވީ ކުރީ ރައީސް ޔާމީންގެ ވެރިޔަކުގައި އެވެ. މެޑިކަލް ޑައިރެކްޓަރެއްގެ މަގާމު ހުންނެވިއިރު ޑރ ވަހީދު ވަނީ ވަގުތީގޮތުން ސީއީއޯގެ މަގާމުވެސް އަދާކުރައްވާފަ އެވެ. އޭނާ ވަނީ ވަޒީފާގެ މުއްދަތު ހަމަކުރައްވައި މިއަހަރުގެ ކުރީ ކޮޅު ވަނީ މާލެ ވަޑައިގަންނަވާފަ އެވެ.

އެއަށްފަހު ހޮސްޕިޓާ ހިންގަމުންގޮސްފައިވަނީ ޒިންމާދާރުވެރިޔާ މުހައްމަދު ހަސަން އެވެ. އޭނާގެ މަގާމަކީ ލެބޯޓަރީޓެކްނޮލޮޖިސްޓެކެވެ. މުހައްމަދު ހަސަންއަށް ފަހު ހޮސްޕިޓާ ހިންގުމަށް މިސަރުކާރުން ހަވާލުކޮށްފައިވަނީ ހަދީޖާ އަލީ އަށެވެ. ހަދީޖާ އަލީ އަކީވެސް ލެބޯޓަރީޓެކްނޮލޮޖިސްޓެކެވެ. އެކަމަކު އޭނާއަކީ ހިންގުމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ ކަނބަލެކެވެ.

އެކަމަކު މިވަގުތު ހޮސްޕިޓާ ހިންގުމަށް ހަވާލުވެ އެއްވެސް ފަރާތެއް ނެތެވެ. ހަދީޖާ އަލީ މިވަގުތު ހުންނެވީ މިނިސްޓްރީގެ ދަތުރެއްގައި ޗައިނާގައި އެވެ. އެއްމަސް ދުވަހުގެ ޓްރެއިންގ ޕްރޮގުރާމެއްގަ އެވެ. އޭނާ ޗައިނާއަށް ދިޔައިރު މިނިސްޓްރީން ހޮސްޕިޓާ ހިންގުމަށް އެއްވެސް ފަރާތްތަކާ ހަވާލުކޮށްފައިނުވާކަން ވަނީ ކޭއޯއަށް ޔަގީންވެފައި އެވެ.

ކޭއޯއަށް އެނގިފައިވާގޮތުގައި މިވަގުތު އެޑްމިނިސްޓްރޭޝަންގެ މަސައްކަތްތައް ކުރަން ހަވާލުކޮށްފައިވަނީ އެތަނުގެ އެޑްމިނިސްޓްރޭޓިވް އޮފިޝަލް ހަދީޖާ އަހުމަދާ އެވެ. އާންމުކޮށް ސިއްހީ މަރުކަޒުތައްވެސް ހިންގުމަށް ތިބެނީ އެޑްމިނިސްޓްރޭޓިވް އޮފިޝަލުންނެވެ. އެހެންވުމުގެ ސަބަބުން ކޭއާރުއެޗާ މެދު ސަރުކާރުން ގެންގުޅެނީ "ވަރިހަމަ" ސިޔާސަތެއްކަން ހާމަވެ އެވެ.

ކޭއާރުއެޗުގެ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު މީގެ ކުރިން އަދާކުރެއްވި ލެބޯޓަރީޓެކްނޮލޮޖިސްޓް މުހައްމަދު ހަސަން ވެސްވީ ޗުއްޓީއެއްގަ އެވެ.

ހޮސްޕިޓަލުގެ ހިންގުމަށް ވެރިޔަކު ނެތުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ދަނީ ފާހަގަކުރެވެމުންނެވެ. އެގޮތުން ބަލި މީހުންނާ މެދު ބައެއް ޑޮކްޓަރުންނާއި ނަރުހުން އަމަލުކުރަމުންދަނީ ފަރުވާކުޑަކޮށް ކަމަށްބުނެ މިދިޔަ ދުވަސްތަކުގައި ގިނަ ބަޔަކު ޝަކުވާކުރާކަން ވަނީ ފާހަގަކުރެވިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355