twitterviber whatsapp telegramfacebookyoutube instagram
5th January 2026

ކައުންސިލް އިދާރާ ހިންގުން ފަވާޒަށް، އެކަމަކު މިއަދުވެސް އޮފީހަށް ވަޑައެއްނުގަންނަވާ

އަބްދުލް ވާހިދު ޙަސަން
Aug 21, 2019
12

ކުޅުދުއްފުށީ ކައުންސިލް އިދާރާ ވަގުތީގޮތުން ހިންގުން ކައުންސިލަރު މުހައްމަދު ފަވާޒު ނައިމްއާ ހަވާލުކޮށްފި އެވެ. ކައުންސިލް ހިންގުން ފަވާޒްއާ ހަވާލުކޮށްފައިމިވަނީ ދެން ތިއްބެވި ކައުންސިލަރުން މުހިންމު ބައްދަލުވުންތަކަކަށް މާލެއަށް ފުރުމުންނެވެ.

ފަސް ކައުންސިލަރުން ތިއްބަވާ އެ ކައުންސިލްގެ މެމްބަރުންގެ ތެރެއިން ހަތަރު ކައުންސިލަރުން އިއްޔެ މާލެއަށް ފުރާފައިވަނީ ސަރުކާރުގެ ބައެއް މުވައްސަސާތަކާ ބައްދަލުކުރުމަށާއި އެމްޑީޕީ ކޮންގުރެސްގައި ބައިވެރިވުމަށެވެ.

ކައުންސިލް ހިންގުން ފަވާޒުއާ ހަވާލުކުރީ މިދިޔަ ހޯމަ ދުވަހު އެ އިދާރާގައި ބޭއްވި ބައްދަލުވުމަކުންނެވެ. ކައުންސިލްގެ ހިންގުން ފަވާޒްއާ ހަވާލުކޮށްފައިވީނަމަވެސް އިއްޔެ އާއި މިއަދުވެސް އޭނާ އޮފީހަށް ވަޑައިގަންނަވާފައެއް ނުވެ އެވެ. އަދި އޮފީހަށް ވަޑައިނުގަންނަވާ ސަބަބުވެސް އަންގާފައެއް ނުވެ އެވެ.

އެނގިފައިވާގޮތުގައި ޒިންމާދާރުވެރިޔާ އެސިސްޓެންޓް ޑިރެކްޓަރު އިސްމާއިލް އިބުރާހިމްވެސް މިވަގުތު ހުންނެވީ ރަސްމީ ދަތުރެއްގައި ރާއްޖެއިން ބޭރުގައި އެވެ. އެހެންވުމާއެކު ރަސްމީ ލިޔެކިޔުންތަކުގައި ސޮއިކުރައްވަމުންގެންދަވަނީ އިދާރީ މުވައްޒަފެކެވެ.

ކޮންގުރެސްއަށް ދިޔަ ކައުންސިލަރުން އެބުރި ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހު 31 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355