twitterviber whatsapp telegramfacebookyoutube instagram
24th October 2026

ކުމުންދޫގައި ކުޑަކުދިންގެ ޕާރކެއް ހަދަން މިނިސްޓްރީން އެހީ ދީފި

އަބްދުލް ވާހިދު ޙަސަން
Aug 23, 2019

ހދ ކުމުންދޫގައި ގާއިމުކުރަން ހަމަޖެހިފައިވާ ކުޑަކުދިން ޕާރކް ތަރައްގީކުރުމަށް ބޭނުންވާ ފައިސާ ކައުންސިލާ ހަވާލުކޮށްފި އެވެ.

ހޯމް މިނިސްޓްރީ އާއި ކުމުންދޫ ކައުންސިލްގެ ގުޅިގެން ގާއިމުކުރުމަށް ނިންމާފައިވާ މި ޕާރކް ހެދުމަށް ހޯމް މިނިސްޓްރީގެ ބަޖެޓުން ތިންލައްކަ ރުފިޔާ ހަރަދުކުރަން ވަނީ ނިންމާފަ އެވެ.

ހޯމް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ޕާރކް ހެދުމަށް ބޭނުންވާ ފައިސާ ކައުންސިލާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރު އިބުރާހިމް ރަޝީދެވެ. ކުމުންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަމީން މުހައްމަދެވެ.

ކުމުންދޫ ސްޓޭޖްގެ އިރުމަތި ފަރާތުގައި އޮންނަ ހުސް ބިމުގައި ހަދަން ނިންމާފައިވާ މި ޕާރކަށް ޖުމްލަ 484،000 ރުފިޔާ ހަރަދުވެ އެވެ.

ކައުންސިލްގެ ރައީސް އަމީން މުހައްމަދު ކޭއޯއަށް ވިދާޅުވީ މި ޕްރޮޖެކްޓަކީ ހޯމް މިނިސްޓްރީ އާއި ކައުންސިލުން ހަރަދުކޮށްގެން ހަދައި ޕާރކެއް ކަމަށާއި ޕާރކު ހެދުމަށް ކުރިއަށް އޮތް ދެ ހަފުތާތެރޭގެ ބަޔަކާ ހަވާލުކުރެވޭނެ ކަމަށެވެ. މިހާރު ކުރިއަށްދަނީ ބިޑް އިވެލުވޭޓްކުރުމުގެ މަސައްކަތް ކަމަށެވެ.

ކުޑަކުދިން ކުޅެ ލައި ހިތްހަމަ ޖައްސާލާނެ ޕާރކެއް ނެތުމަކީ އެރަށު ރައްޔިތުންގެ ކަންބޮޑުވުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293