twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދިރާގާއި "ބައިސްކޯފު" ގުޅިގެން ބައިސްކޯފްގެ ހާއްސަ ހަވީރެއް ކުޅުދުއްފުށީގައި!

• މި ހަވީރުގައި މޭނާ ހައްސާނުގެ ހުށަހެޅުންތަކެއް ފެނިގެންދާނެ
• ވެބް ސީރިޒް "ހުވާ"ގެ ތަރިންނާއި ޑައިރެކްޓަރ ނަހުލާވެސް މިއިވެންޓްގައި ބައިވެރިވާނެ

އަބްދުލް ވާހިދު ޙަސަން
Aug 23, 2019
1

ދިރާގާއި "ބައިސްކޯފު" ގުޅިގެން ބައިސްކޯފްގެ ހާއްސަ ހަވީރެއް މާދަމާ ކުޅުދުއްފުށީގައި ބާއްވާގޮތަށް ހަމަޖެހިއްޖެ އެވެ.

މިހާއްސަ ހަވީރު އޮންނާނީ ކުރިއަށްދާނީ މާދަމާ ހަވީރު 4 އިން 6 އަށް ކޮރަލް ދަނޑު ސަރަހައްދުގަ އެވެ. މި ހަވީރުގައި މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ހައްސާންގެ ހުށަހެޅުންތަކެއްވެސް ފެނިގެންދާނެ އެވެ. އަދި މީގެ އިތުރުން، ބައިސްކޯފްގެ އެންމެ މަޝްހޫރު އޮރިޖިނަލް ދިވެހި ވެބް ސީރިޒް ކަމަށްވާ "ހުވާ"ގެ ތަރިންނާއި އެ ސީރީޒްގެ ޑައިރެކްޓަރ ނަހުލާވެސް މި އިވެންޓްގައި ބައިވެރިވާނެ އެވެ.

މީގެ އިތުރުން މި އިވެންޓުގައި ބައިސްކޯފު އޮރިޖިނަލް ސީރީޒްތަކުގެ ފަންނާނުންނާ ބައްދަލުވުމުގެ ފުރުސަތު ލިބި، ބެލުންތެރިންގެ ޝުއޫރުތަކާއި ފީޑްބެކްތައް ސީދާ އެ ފަންނާނުންނާއި ބައިސްކޯފް ޓީމަށް ހުށައެޅުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ދިރާގުން މައުލޫމާތުދެ އެވެ.

ބައިސްކޯފަކީ ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާގެ އެކި ލަވަތަލާއި ފިލްމުތަކާއި ވީޑިއޯތައް ބަލާލެވޭ ގޮތަށް ކޮންޓެންޓް ހިމެނޭ ހަމައެކަނި ދިވެހި އެޕްލިކޭޝަނެވެ. ސްމާޓް ފޯނުތަކަށް ހާއްސަ ކޮށްގެން 2018 ވަނަ އަހަރު ނެރުން ބައިސްކޯފު އެޕް ވެގެންދިޔައީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ލިބިގެންދިޔަ ވަރަށްވެސް ބޮޑު ކުރިއެރުމަކަށެވެ. މީގެ ހެއްކަކީ މިވީ ކުޑަދުވަސްކޮޅުތެރޭގައި ބައިސްކޯފް އެޕް ބޭނުންކުރާ މީހުންގެ އަދަދު ބައިލައްކައަށްވުރެ އިތުރުވެގެން ގޮސްފައިވުމެވެ.

ދިރާގަކީ ބައިސްކޯފް އެޕްލިކޭޝަންގެ ޕާޓްނަރ ކަމަށްވުމުން، ދިރާގު ކަސްޓަމަރުންނަށް ބައިސްކޯފް އެޕް ބޭނުންކުރުމަށް ހާއްސަ ޑިސްކައުންޓެއް ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355