twitterviber whatsapp telegramfacebookyoutube instagram
25th April 2024

އެމްއެޗް ފައުންޑޭޝަނުން ގޮއިދޫގައި ޒަމާނީ ފެންވަރުގެ ޖިމެއް ހުޅުވައިފި

އަބްދުލް ވާހިދު ޙަސަން
Aug 24, 2019

ކަނޑިތީމު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ހުސެއިން (އެމްއެޗް)ގެ އެމްއެޗް ފައުންޑޭޝަނުން ށ ގޮއިދޫގައި ޒަމާނީ ފެންވަރުގެ ޖިމެއް ގާއިމުކޮށް، ހުޅުވައިފި އެވެ.

މި ޖިމްގެ ވަސީލަތްތައް ހޯދުމަށް ގާތްގަނޑަށް 30،000 ޑޮލަރު ހޭދަކޮށްފައިވާނެކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެ އެވެ. އެރަށު ކައުންސިލްގެ ރައީސް އިބުރާހިމް ޝާހިދު ކޭއޯއަށް ވިދާޅުވީ އެތަނުގެ ހުރިހާ ވަސީލަތެއް ހަދިޔާކޮށްފައިވަނީ އެމްއެޗް ފައުންޑޭޝަނުން ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައި ހިދުމަތްދޭން ފެށި މި ޖިމްގެ ސާމާނުތައް ޑެލެވަރީކޮށް އިންސްޓޯލްކޮށް ހެދީވެސް އެމްއެޗް ފައުންޑޭޝަނުން ކަމަށް އޭނާ ވިދާޅުވި އެވެ. އެފަދަ ޒަމާނީ ޖިމެއް ރަށުގެ ރައްޔިތުންނަށްޓަކާ ގާއިމުކޮށްދިނުމުން އެމްއެޗް ފައުންޑޭޝަނަށް އިބުރާހިމް ވަނީ ޝުކުރުއަދާކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ ޖިމްގެ ހިދުމަތް މިވަގުތު ދެމުންދަނީ ޖަމިއްޔާގެ އިމާރާތެއްގައި ނަމަވެސް ކުރިއަށްއޮތްތަނުގައި ރަނގަޅު ފެންވަރުގެ އިމާރާތެއް ހަދާ އެތަނަށް ޖިމް ބަދަލުކުރާނެ ކަމަށެވެ.

ޖިމް ހުޅުވާ ހިދުމަތް ދޭން ފަށާފައިވާ ޓްރެއިނިންގ ޕްރޮގުރާމަކާއެކު އެވެ. އެގޮތުން ޖިމް އިންސްޓްރަކްޓަރެއް ކައުންސިލުން ގެނެސް ފެށި މި ޕްރޮގުރާމުގައި 120 މީހުން ބައިވެރިވެފައިވެ އެވެ. މިއީ ގޮއިދޫ ފަދަ އާބާދީ ކުދި ރަށެއްގެ ނިސްބަތުން ލިބުނު ވަރަށް ބޮޑު ތަރުހީބެކެވެ.

ދެ ޖިންސްގެ އެކި އުމުރުފުރާގެ މީހުންނަށް ބޭނުންކުރެވޭ ގޮތަށް ހަދައިފައިވާ މި ޖިމްގެ ސަބަބުން ރަށު ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވެގެންދާނެކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެވި އެވެ. އަދި މިއީ ރަށުގެ ތަރައްގީގެ ގޮތުގައި ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355