twitterviber whatsapp telegramfacebookyoutube instagram
7th September 2026

ކުމުންދޫ ގެޔަކު ސިހުރު ހަދަން ބޭނުންކުރާކަމަށް ބެލެވޭ ލިޔުންތަކެއް ހޯދައިފި

އަބްދުލް ވާހިދު ޙަސަން
Aug 28, 2019
2

ހދ ކުމުންދޫ ގެޔެއް ބަލައި ފާސްކޮށް ސިހުރު ހަދަން ބޭނުންކުރާކަމަށް ބެލެވޭ ލިޔުންތަކެއް ފުލުހުން ހޯދައިފި އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައި ކުމުންދޫ ގެޔަކުން ސިހުރު ހަދަން ބޭނުންކުރާ ކަމަށް ބެލެވޭ ލިޔުންތަކެއް ފެނިފައިވާ ކަމަށެވެ.

" ކޯޓް އަމުރެއްގެ ދަށުން ގެޔެއް ބަލާ ފާސްކުރިއިރު ސިހުރު ހަދަން ބޭނުންކުރާ ކަމަށް ބެލެވޭ ލިޔުންތަކެއް ފެނިފައިވޭ." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މިމައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ފުލުހުން ބުނީ މިމައްސަލަ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ތަހްގީގްކުރަމުންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355