twitterviber whatsapp telegramfacebookyoutube instagram
22nd October 2019

ކުޅުދުއްފުށީ އެއާޕޯޓްގައި ރެސްޓޯރެންޓެއް ހަދައިދޭނެ ބަޔަކު ހޯދަނީ

އިބްރާހިމް ހަމީދު
Sep 3, 2019

ކުޅުދުއްފުށީ އެއާޕޯޓްގައި ރެސްޓޯރެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަން ރީޖަނަލް އެއާޕޯޓްސްއިން އިއުލާންކޮށްފި އެވެ.

ރީޖަނަލް އެއާޕޯޓްސްއިން ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ އެކުންފުނިން ދޭ ކުރެހުމާއި އެއްގޮތަށް ކުޅުދުއްފުށީ އެއާޕޯޓްގައި ރެސްޓޯރެންޓެއް ހެދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓްގައި ރެސްޓޯރަންޓް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް ރީޖަނަލް އެއާޕޯޓްސް (ވެލާނާގެ 11 ވަނަ ފަންގިފިލާ) އަށްވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުށްވުން އެދޭކަމަށެވެ.

ރީޖަނަލް އެއާޕޯޓްސް ބުނެފައި ވަނީ މި އިއުލާނާގުޅޭ މަޢުލޫމާތު ކަރުދާސް އިއުލާނާއެކު ސަރުކާރުގެ ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާކަމަށައި އަދި މިކަމާ ބެހޭގޮތުން އިތުރުމަޢުލޫމާތު ހޯއްދެވުމަށް 7993776 ނަމްބަރު ފޯނާއި ރަސްމީ މަސައްކަތުގެ ގަޑީގައި ގުޅުއްވުމަށް އެފަރާތުން އެދޭ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355