twitterviber whatsapp telegramfacebookyoutube instagram
20th October 2026

ރަށްރަށުގައި ހުރި ގިނަ ދުވަސްވީ ކުނި ނަގައި ސާފުކުރާނެ ބަޔަކު ހޯދަނީ

Sep 11, 2019
2

މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ގިނަ ދުވަސްވީ ކުނި ނަގައި ސާފުކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއްޔެ ބިޑަށް ހުޅުވާލައިފި އެވެ.

މި މަޝްރޫއުއަށް ބީލަން ހުށަހެޅުން އޮންނާނީ މި މަހުގެ 24 ގަ އެވެ. އަދި މި މަހު 23 ގެ ކުރިން ބީލަމަށް ރަޖިސްޓްރީވާން ޖެހޭނެ އެވެ. ރަޖިސްޓްރީ ވެވޭނީ 500ރ. ގެ ފީއެއް ދައްކައިގެންނެވެ. މީގެ އިތުރުން ފަސް ލައްކަ ރުފިޔާގެ ސެކިއުރިޓީ ޑިޕޮސިޓެއް ވެސް ބަހައްޓަން ޖެހޭނެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މަޝްރޫއުއާ ގުޅޭ މައުލޫމާތު ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ. އަދި އިތުރު މައުލޫމާތު ބޭނުންވާ ނަމަ އަންނަ އާދިއްތަ ދުވަހުގެ ކުރިން އެތަނަށް އީމެއިލް ކުރުމުން އެކަމެއް ސާފުކޮށްދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ރަށްރަށުން ކުނި ނަގައި ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ރަށެއްގެ ކައުންސިލުން ހަވާލުކުރާ ބަޔެކެވެ. ބައެއް ރަށްރަށުގެ ކުނި ނެގުމުގެ މަސައްކަތް ވެމްކޯއާ ވެސް ހަވާލުކޮށްފައިވެ އެވެ.

ކުޅުދުއްފުށީގައި ކުނިކޮށީގައި ޖަމާވެ ގިނަ ދުވަސްވެފައިވާ ގޮނޑެއް ނައްތާލެވިފައިނެތުމުގެ ސަބަބުން ތަފާތު އެކި މައްސަލަތައް އަންނަނީ ކުރިމަތިވަމުންނެވެ. އެގޮތުން ގޮނޑުގައި ކުނި އަނދަމުންދާއިރު އަރާ ދުމުގެ ސަބަބުން ކައިރީގައި ހުންނަ ސަރުކާރުގެ މުވައްސަސާތަކަށާއި ގެތަކުގައި ދިރިއުޅޭ މީހުންނަށް ދަނީ ބޮޑެތި އުނދަގޫތަކާ ކުރިމަތިވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293