twitterviber whatsapp telegramfacebookyoutube instagram
11th September 2026

ނޭކުރެންދޫ ކައުންސިލުން އެމްއައިބީގެ ފަސްހާސް ހިއްސާ ގަނެފި

ނަބީލާ އިސްމާޢީލް
Sep 16, 2019

ހދ ނޭކުރެންދޫ ކައުންސިލް އިދާރާއިން މޯލްޑިވްސް އިސްލާމިކް ބޭންކް ( އެމްއައިބީ ) ގެ ފަސްހާސް ހިއްސާ ގަނެފިއެވެ.

ނޭކުރެންދޫ ކައުންސިލުން ހާމަކުރި ގޮތުގައި އިސްލާމިކް ބޭންކުން ހިއްސާގަތުމަށް އެ ކައުންސިލުން ނިންމާފައިވަނީ މި އަހަރުގެ 13 ވަނަ އާންމު ބައްދަލުވުމުން ކައުންސިލްގެ 3 މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

ނޭކުރެންދޫ ކައުންސިލުން އިސްލާމިކް ބޭންކް ކުޅުދުއްފުށީ ބުރާންޗް މެދުވެރިކޮށް މިއަދު ގަނެފައިވާ ފަސްހާސް ހިއްސާގެ ޖުމްލަ އަގަކީ އެއްލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ އެވެ. އެއީ ހިއްސާއެއް 35 ރުފިޔާގެ ރޭޓުންނެވެ. ކައުންސިލްގެ ފަރާތުން ހިއްސާ ބައްލަވައިގަތީ ކައުންސިލްގެ ރައީސް އިބްރާހިމް މައޫޒެވެ.

އެ ކައުންސިލުން އިތުރަށް ހާމަކުރެއްވި ގޮތުގައި އިސްލާމިކް ބޭންކުން ހިއްސާ ގަތުމަކީ ކުރިއަށް އޮތް މުސްތަގުބަލަށް އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައެވެ. އަދި މި ހިއްސާ ގަތުމަށް ހަރަދުކޮށްފައި ވަނީ ކައުންސިލްގެ މާލިއްޔާއިން ކަމުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293