twitterviber whatsapp telegramfacebookyoutube instagram
23rd June 2026

ކޮންމެ ރަށަކުން 30 މިނެޓްތެރޭގައި އެއާޕޯޓަށް ދެވޭނެ ވައުދު އަންނަ އަހަރު ފުއްދޭނެ

Sep 17, 2019

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓްތެރޭގައި އެއާޕޯޓަށް ދެވޭނެކަމަށް ކަނޑައެޅި ސިޔާސަތު އަންނަ އަހަރު ފުއްދޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހެއިރު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ތަރައްގީކުރަމުންދާ އެއާޕޯޓްތަކުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމާ އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ.

އެއާޕޯޓްތައް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ ބާރު ދުވެލީގައި ކަމަށާއި ގިނަ އެއާޕޯޓްތައް ހެދުމަށް ބޭނުންވާ ބިން ހިއްކާ ނިމި ރަންވޭ ހެދުމަށް ތައްޔާރުވަމުންދާކަމަށް ޒުހެއިރު ވިދާޅުވި އެވެ.

ޒުހެއިރު ވިދާޅުވީ މ. މުލީގައި ހަދައި އެއާޕޯޓާއެކު ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓް ތެރޭގައި އެއާޕޯޓަށް ދެވޭނެކަމަށް ކަނޑައެޅި ސިޔާސަތު އަންނަ އަހަރު ފުއްދޭނެކަމަށެވެ. 30 މިނެޓް ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން އެއާޕޯޓަކާ ހަމައަށް ދެވޭނެ ގޮތް ފަހިކޮށްދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355