twitterviber whatsapp telegramfacebookyoutube instagram
26th September 2026

ކުޅުދުއްފުށީ ސްކޫލެއްގައި އޯނަމް ފެސްޓިވަލް ބޭއްވި މައްސަލައެއް ބަލަނީ

Sep 18, 2019
7

ކުޅުދުއްފުށީ ސްކޫލެއްގައި ކެރެލާ ސްޓޭޓްގައި ފާހަގަ ކުރާ ހިންދޫ ދީނުގެ ފެސްޓިވަލެއް ބޭއްވި މައްސަލަ އިސްލާމިކް މިނިސްޓްރީ ބަލަން ފަށައިފި އެވެ.

ކުޅުދުއްފުށީގައި މަސައްކަތް ކުރާ ޓީޗަރުންތަކެއް އިސްނަގައިގެން މިދިޔަ ހުކުރު ދުވަހު ވަނީ އަމީރު އަމީރު ސްކޫލުގައި ބޭއްވި "އޯނަމް ފެސްޓިވަލް" ގެ ފޮޓޯތަކެއް ޝޯސަލް މީޑިއާގައި ދައުރު ވަމުން ދާއިރު މި މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށާފައިވަނީ އިއްޔެއެވެ.

މިކަން ކުޅުދުއްފުށީ ކައުންސިލުން ދޮގުކޮށްފައިވައިރު ކައުންސިލުން ބުނީ ފަދަ ދީނާ ހިލާފު އެއްވެސް ކަމެއް ސްކޫލުގައި ހިނގާފައިނުވާ ކަމަށެވެ. އަދި އެފަދަ ވާހަކަތައް ފެތުރުމުގެ ކުރިން އެކަމެއްގެ ތެދު ދޮގު ސާފުކުރެއްވުމަށްވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އޯނަމް ފެސްޓިވަލަކީ މަލިޔާލަމް ކަލަންޑަރުގެ ފުރަތަމަ މަހު ކެރެލާ ސްޓޭޓްގައި ފާހަގަ ކުރަމުން އަންނަ ފެސްޓިވަލެކެވެ. އަދި ސެޕްޓެމްބަރ 13 ވީ ހުކުރު ދުވަހަކީ މި ފެސްޓިވަލުގެ ފަހު ދުވަހެވެ. ކެރެލާފައި އޯނަމް ފާހަގަ ކުރަނީ އިންޑިޔާގައި ވަރުގަދަ ޝަހުސެއްގެ ގޮތުގައި ފާހަގަ ކުރާ ރަސްގެފާނު މަހަބަލީގެ ރޫހު ކެރެލާއަށް ޒިޔާރަތް ކުރިކަމަށް އެމީހުން ގަބޫލްކުރާ ގަބޫލުކުރުންތަކެއްގެ މައްޗަށެވެ.

މި ފެސްޓިވަލް ފާހަގަ ކުރުމަށް ބޭއްވި ކެއުމުގައި ކުޅުދުއްފުށީގައި މަސައްކަތް ކުރާ އެކި ދީންތަކުގެ ބިދޭސީންނާއި ބައެއް ދިވެހިންވެސް ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293