twitterviber whatsapp telegramfacebookyoutube instagram
19th March 2024

ނޯޓިސްދިން ދެ މުވައްޒަފުންގެ ވަޒީފާގެ މުއްދަތު އިތުރުކޮށްފި

އަބްދުލް ވާހިދު ޙަސަން
Sep 18, 2019

ކުޅުދުއްފުށީ މަގު ހަދާ ޔުނިޓްގައި މިހާރު މަސައްކަތް ކުރަމުންދާ ކުރިން އެމްއާރުޑީސީގެ މުވައްޒަފުންގެ ގޮތުގައި ތިބި 18 މުވައްޒަފުންގެ ތެރެއިން ނޯޓިސްދިން ދެ މުވައްޒަފުންގެ ވަޒީފާ މުއްދަތު އިތުރު ކޮށްފި އެވެ. ބާކީ ތިބި 16 މުވައްޒަފުންގެ މުއްދަތު ވަނީ އޮކްޓޯބަރުމަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

ނޯޓިސްދީފައިވަނީ ކުޅުދުއްފުށީ އެމްއާރުޑީސީ ސައިޓްގައި މެނޭޖަރަކަށް ހުންނެވި މުހައްމަދު ހަސަނަށާއި އެސިސްޓެންޓް މެނޭޖަރަށް ހުންނެވި އަހުމަދު މުޖުތަބާއަށެވެ. މި ދެ ބޭފުޅުން އެ މަގާމަށް ހަމަޖެއްސީ ރައީސް ވަހީދުގެ ވެރިކަމުގައި އެވެ. ކުރިން މި ދެ ބޭފުޅުންނަށް ވަޒީފާގެ ނޯޓިސްދީފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިހާރު އަލުން ވަނީ މުއްދަތު އޮކްޓޯބަރުގެ ނިޔަލަށް އިތުރުކޮށްދީފަ އެވެ.

މިކަން އަންގާ ކުޅުދުއްފުށީ ކައުންސިލަށް، ޕްލޭނިން މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައިވަނީ 31 އޮކްޓޯބަރުމަހުގެ ފަހުން އެއްވެސް މުވައްޒަފެއްގެ ކޮންޓްރެކްޓް އިތުރުކުރަން ހަމަޖެހިފައިނުވާ ކަމަށެވެ. މިނިސްޓްރީގެ ސިޓީއާ ހަވާލާދީ ކައުންސިލުން ބުނީ މިނިސްޓްރީގެ އޮނިގަނޑު ސިވިލްސާވިސްއަށް ހުށަހަޅައިގެން ފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ އޮނިގަނޑު ފާސްވުމުން މުވައްޒަފުންނަށް މަގާމުތަކަށް ބަދަލުވުމަށް ފުރުސަތު ދެވޭނެ ކަމަށެވެ.

އެކަމަކު އޮނިގަނޑު ފާސްވާއިރު 55 އަހަރުވެފައިވާ މުވައްޒަފުންނަށް އެ ފުރުސަތެއް ނޯނާނެކަމަށްވެސް އެ ސިޓީގައި ހާމަކޮށްފައިވެ އެވެ.

އެމްއާރުޑީސީ އުވާލައި އެތަނުގެ މުވައްޒަފުން މިނިސްޓްރީގެ ދަށަށް ބަދަލުކުރިނަމަވެސް އަދިވެސް ސިވިލް ސާވިސްގެ މުވައްޒަފުންގެ ގޮތުގައި ހަމަޖައްސާފައެއް ނުވެ އެވެ. އެ މުވައްޒަފުން ތިބެނީ ކޮންޓްރެކްޓްގެ ދަށުން އެމްއާރުޑީސީގެ މުވައްޒަފުންގެ ގޮތުގައި އެވެ. މުސާރަ އާއި އިނާޔަތްތައްވެސް ދެމުންދަނީ އެމްއާރުޑީސީގައި ތިބިއިރު ދެމުންގެންދިޔަ ގޮތަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355