twitterviber whatsapp telegramfacebookyoutube instagram
9th September 2026

ކުރީގެ ކައުންސިލަރު މުހައިމިނަށް ހޯމް މިނިސްޓްރީގެ އިސް މަގާމެއް

އަބްދުލް ވާހިދު ޙަސަން
Sep 23, 2019

ހދ އަތޮޅު ކައުންސިލްގެ ވައިކަރަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބުދުލް މުހައިމިނަށް ހޯމް މިނިސްޓްރީގެ އިސް މަގާމަކަށް އައްޔަން ކުރައްވައިފި އެވެ.

މުހައިމިނު އައްޔަނުކުރެއްވީ ހޯމް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑައިރެކްޓަރުގެ މަގާމަށެވެ. ނޭކުރަންދޫއަށް ނިސްބަތްވާ މުހައިމިން ވަޒީފާއަށް ނިކުންނަވަން ފައްޓަވާފައިވަނީ މިއަދު އެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއާ ގާތްގުޅުމެއް އޮންނަ މުހައިމިނަށް މަގާމު ލިބުމުން ރާއީ ވަނީ އޭނާއަށް މަރުހަބާ ދަންނަވާފަ އެވެ.

މުހައިމިނަކީ ރައީސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު ނޭކުރަންދޫ ކައުންސިލަށް އައްޔަންކުރެއްވި ބޭފުޅެކެވެ. އޭނާ ފާހަގަކުރެވިފައިވަނީ އަތޮޅުތެރޭގެ ހައްގުގައި އަޑުއުފުލާ ބޭފުޅެއްގެ ގޮތުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293