twitterviber whatsapp telegramfacebookyoutube instagram
21st September 2026

އެސްޓީއޯއިން ކަޕް ނޫޑްލިސްގެ ޕްރޮމޯޝަންއެއް ފަށައިފި

ނަބީލާ އިސްމާޢީލް
Sep 25, 2019

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަގުހުރި އިނާމުތަކަކާ އެކު ސުޕަރ ކަޕް ބުރޭންޑްގެ ކަޕް ނޫޑްލިސްގެ ވަރަށް ހާއްސަ ޕްރޮމޯޝަންއެއް މިއަދު ފަށައިފި އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ޕްރޮމޯޝަން ފައްޓަވައި ދެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ރަޝާދުއެވެ.

ސްކްރެޗް އެންޑް ވިން ޕްރޮމޯޝަނެއްގެ ގޮތުގައި ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ގަންނަ ކޮންމެ ކަޕް ނޫޑްލިސް ތައްޓެއްގައިވާ ކާޑްގައި އިނާމެއް ހިމެނިފައިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އިނާމުތަކުގެ ތެރޭގައި ވާވެއި މޮބައިލް ފޯނާއި ގޭތެރޭގެ ހިފާގެންގުޅޭ ސާމަނާއި ބަދިގެ ސާމާނުގެ އިތުރުން ކަޕް ނޫޑްލިސް ކޭހާއި ކަޕްނޫޑްލިސް ތަށި ހިމެނެއެވެ.

އަލަށް ތައާރަފް ކުރި ފުލޭވަރ ތަކާއި އެކު މި ކަޕްނޫޑްލިސްގެ ޕްރޮމޯޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ކަމުގައި އެކުންފުނިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293